Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

އެމްޑީޕީ ޗެެއާޕާސަން އިންތިހާބުގެ ވޯޓުލާ ވަގުތު އިތުރުކޮށްފި

އެމްޑީޕީގެ ޗެއާޕާސަން ހޮވުވުމުގެ އިންތިހާބުގެ ވޯޓުލާ ވަގުތު މިރޭ 9 އަށް އިތުރުކޮށްފި އެވެ.

އެމްޑީޕީން ބުނީ މިގޮތަށް ނިންމީ މޫސުން ގޯސްވެ ދަތިތަކެއް ދިމާވެ ބައެއް ފޮށިތަކުގެ ވޯޓުލުން ކުރިއަށް ގެންދިއުން ލަސްވުމާއި ގުޅިގެން ކަމަށެވެ.

ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

މި އިންތިހާބުގައި އެމްޑީޕީގެ ދަފްތަރުގައި ހިމެނޭ 50,176 މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ޖުމްލަ 241 ވޯޓު މަރުކަޒެއްގައި ވޯޓުލުން ކުރިއަށްދާއިރު، ރާއްޖެއިން ބޭރުގައި ވޯޓުލުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ހަމައެކަނި ސްރީ ލަންކާގައެވެ.