Last Updated: June 15, 03:58
Monday, June 15, 2026
ޚަބަރު

މަސްޖިދު ނަބަވީން އޮންލައިންކޮށް ޤުރުއާން ހިތުދަސްކުރުމުގެ ކޯހެއް

މަސްޖިދުއް ނަބަވީން އޮންލައިންކޮށް ޤުރުއާން ހިތުދަސްކޮށް ދިނުމުގެ ކޯހެއް ފަށަން ތައްޔާރުވެއްޖެ އެވެ.

އެންމެ މާތް މިސްކިތްކޮޅުން އިން ކުރިއަށް އޮތް ހޫނު މޫސުމުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޤުރުއާން ހިތުދަސްކުރުމާއި، އިސްލާމީ ތަޢުލީމާތުގެ ކޯހުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވެސް މިހާރު ހުޅުވާލައިފަ އެވެ.

މި ޕްރޮގްރާމްގައި ކޮންމެ ދުވަހަކު ހެނދުނާއި އަދި މެންދުރު ފަހުގައި ކްލާސްތައް ކުރިއަށް ގެންދެވޭނެ އެވެ. އަންހެނުންނާއި ފިރިހެނުންނަށް ވެސް ކްލާހަށް ހާޒިރުވެގެންނާއި އަދި އޮންލައިންކޮށްވެސް ބައިވެރިވެވޭނެ އެވެ.

ކޯހުގެ މުއްދަތަކީ މުޙައްރަމް 20، 1448 އިން ފެށިގެން ޞަފަރު 16، 1448 އެވެ.

ކޮންމެ ދުވަހަކު ދެ ދަންފަޅީގައި ކިޔަވާ ދިނުމަށް ހަމަޖެހިފައިވާ މި ކޯހުގެ ހެނދުނުގެ ދަންފަޅީގެ ކިޔެވުން އޮންނާނީ ފަތިސް ނަމާދަށް ފަހު ހެނދުނު 8:30 އާ ހަމައަށެވެ. މެންދުރު ފަހުގެ ދަންފަޅި ކުރިއަށް ގެންދާނީ އަސްރު ނަމާދަށް ފަހު އިޝާ ނަމާދާ ހަމައަށެވެ.

ކޯހުގެ ބައިވެރިންނަށް ޤުރުއާން ހިތުދަސްކޮށް ދިނުމުގެ އިތުރުން، ހޮވާލެވޭ އިސްލާމީ ތަޢުލީމާތު ކިޔަވައިދޭ ގޮތަށް ހަމަޖެހިފައިވާ މި ކޯހުގައި ކިޔަވައި ދެއްވާނީ މަސްޖިދުލް ނަބަވީގެ ޤާބިލް އިންސްޓްރަކްޓަރުންގެ ޓީމަކުންނެވެ.

މި ކޯހުގައި މަސްޖިދުއް ނަބަވީގެ ޤުރްއާން މެމަރައިޒޭޝަން އެކަޑަމީގެ ޕޯޓަލް qm.edu.sa މެދުވެރިކޮށް ރަޖިސްޓްރީވެވޭނެ އެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.