މިދިޔަ އެޕްރީލްގައި ރިލީޒްކުރި އަކްޝޭ ކުމާރުގެ ހޮރޯ-ކޮމެޑީ 'ބޫތު ބަނގްލާ' ނެޓްފްލިކްސް އަށް ދޫކޮށްލައިފި އެވެ.
މި ފިލްމަކީ އޭނަގެ ކުރީގެ ވަރަށް ކާމިޔާބު ހޮރޯ-ކޮމެޑީއެެއް ކަމަށްވާ 2007 ގެ 'ބޫލް ބުލައްޔާ' ގެނެސްދިން ޕްރިޔަދަރުޝަން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
އެކްތާ ކަޕޫރް ޕްރޮޑިއުސްކުރި "ބޫތު ބަނގްލާ" އަކީ މި އަހަރު ރިލީޒްކުރި އަކްޝޭގެ ފުރަތަމަ ފިލްމެވެ. މީގެ ކާސްޓްގައި ވަމީގާ ގައްބީ، ޕަރޭޝް ރާވަލް، ތައްބޫ، ރާޖްޕަލް ޔާދަވް އަދި މިދިޔަ އަހަރު މަރުވި އެކްޓަރު އާސްރާނީ ވެސް ހިމެނެ އެވެ.
އަކްޝޭގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 26 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ކޮމެޑީ ފިލްމު 'ވެލްކަމް ޓު ދަ ޖަންގަލް' އެވެ.