Last Updated: June 15, 06:14
Monday, June 15, 2026
މީހުން

ފުރަތަމަ ޓްރިލިނިއަރަކަށް އީލޮން މަސްކް

ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަގާމު މަޝްހޫރު ވިޔަފާވެރިޔާ އީލޮން މަސްކަށް ލިބިއްޖެ އެވެ.

އޭނަގެ މިލްކިއްޔާތު އިއްޔެ ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަށްވެގެން ދިޔަ އިރު، އީލޮން ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ދަމަހައްޓަމުން އަންނަތާ ވެސް މިހާރު ގިނަ ދުވަސްތަކެއްވެ އެވެ.

ސްޕޭސް އެކްސް އާއި ޓެސްލާ އާއި އެކްސް (ކުރީގެ ޓްވިޓާ) އާއި އެކްސް އޭއައި ފަދަ ބޮޑެތި ކުންފުނިތަކުގެ ވެރިޔާގެ މިލްކިއްޔާތު މިހާރު 1.11 ޓްރިލިއަން ޑޮލަރަށް އަރާ ކަމަށް ބްލޫމްބާގުން ބުންޏެވެ. އީލޮންގެ މިލްކިއްޔާތު އުފުލިގެން ދިޔައީ އޭނަގެ ކުންފުނި ސްޕޭސް އެކްސް އިއްޔެ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށް، ހިއްސާ ވިއްކަން ފެށުމާ ގުޅިގެންނެވެ.

އެގޮތުން އިއްޔެ އެކަނި ހިއްސާގެ އާމްދަނީން ސްޕޭންސް އެކްސް އަށް 75 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެ ކުންފުނީގައި އޮތް އީލޮންގެ ހިއްސާތަކުގެ އަގު 767.1 ބިލިއަން ޑޮލަރާ ގާތްކުރެ އެވެ.

ހިއްސާ ވިއްކަން ފެށުމާ އެކު ސްޕޭސްގެ އަގު މިހާރު ވަނީ 1.96 ޓްރިލިއަން ޑޮލަރަށް އަރައިފަ އެވެ.