ދ. މީދޫ ކައުންސިލް ރައީސް ހޮވަން ބާއްވާ އާ ބުރުގެ ވޯޓުލުން މިއަދު ފަށައިފިއެވެ.
ވޯޓްލުން ހެނދުނު 8:00 ގައި ފެށ އިރު، ހަވީރު 4:00 އާ ހަމައަށް ވޯޓްލުން ކުރިއަށް ދާނެ އެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 1049 މީހަކަށް ލިބެ އެވެ. އޭގެ ތެރޭގައި ހިމެނެނީީ 483 އަންހެނުންނާއި 566 ފިރިހެނުންނެވެ.
މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިޚާބުގައި ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އެމްޑީއޭ) ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދެވެ.
މީދޫ ކައުންސިލް ރައީސް ހޮވަން އިތުރު ބުރަކަށް ދާން ޖެހުނީ އެޕްރީލް 4 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓެއް ދެ ކެންޑިޑޭޓުން އެއްވަރުވުމާ ގުޅިގެންނެވެ. އެގޮތުން އޭރު ސުހާ އާއި ޝާހިދަށް ވެސް ލިބުނީ 392 ވޯޓެވެ.