ރާއްޖޭގައި ބާއްވަމުން އަންނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސްގެ މި އަހަރުގެ އެޑިޝަން ސެޕްޓެމްބަރުގައި ބާއްވަން ނިންމައިފި އެވެ.
މި ކޮންފަރެންސް އިންތިޒާމުކުރާ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) އިން ބުނީ މި އަހަރުގެ ކޮންފަރެންސް ބާއްވާނީ ސެޕްޓެމްބަރު 12 އާއި 13 ގައި ކަމަށެވެ. މިއީ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ބާއްވާ 8 ވަނަ އަހަރެވެ.
މިއީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ ކޮންފަރެންސެކެވެ. މިއީ އެޑިއުކޭޓަރުންނާއި، ރިސާޗަރުންނާއި، ޕޮލިސީ މޭކަރުންނާއި، ޕްރެކްޓިޝަނަރުންނަށް، އެބްސްޓްރެކްޓްސް ހުށަހެޅުމަށާއި، އެޑިޔުކޭޝަންގެ ދާއިރާއިން ޑައިލޮގް، އިނޮވޭޝަން އަދި ނޮލެޖް ޝެއަ ކުރުމަށް ބާއްވާ ކޮންފަރެންސެކެވެ.
މި އަހަރުގެ ކޮންފަރެންސްގެ ޝިޢާރަކީ "ރީއިމޭޖިން، ރީތިންކް، ރިފޯމް: އެޑްވާންސިންގ އިނޮވޭޝަން ފޯ އަ އިކުއިޓަބަލް އެންޑް ރެޒިލިއަންޓް ފިއުޗާ" އެވެ.
އެންއައި އިން ބުނީ މި ކޮންފަރެންސަށް ރިސާޗް ޕޭޕަރުތަކާއި ކޮންސެޕްޓް ޕޭޕަރުތަކާއި ރިވިއު ޕޭޕަރުތަކުގެ އިތުރުން ޕޯސްޓަރުތައް ހުށައެޅޭނެ އެވެ. އިނގިރޭސި ބަހުންނާއި ދިވެހި ބަހުން އެބްސްޓްރެކްޓްސް ހުށައަޅަން ޖެހޭ ތާރީހަކީ އަންނަ މަހުގެ 12 އެވެ.
އެބްސްޓްރެކްޓްސް ހުށައަޅަން ޖެހޭ ދާއިރާތައް:
* ތަޢުލީމުގައި ހަމަހަމަކަމާއި، އިންކްލޫޝަން އަދި އިޖްތިމާޢީ ޢަދުލުވެރިކަން
* 21 ވަނަ ގަރުނުގެ ލާނިން ގެ ކަރިކިއުލަމް، ޕެޑަގޮޖީ އަދި އެސެސްމަންޓް
* ތަޢުލީމީ ލީޑަޝިޕް އަދި ޕޮލިސީ
* ޓީޗާ ޓްރެއިނިން، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް އަދި އޭޖެންސީ
* އާޓިފިޝަލް އިންޓެލިޖެންސް، ސްޓީމް އަދި ޑިޖިޓަލް ޕެޑަގޮޖީ
ވެލްބީން، ސޯޝަލް އިމޯޝަނަލް ލާނިން އަދި ރެޒިލިއަންސް
* އިސްލާމް ދީނާއި ދިވެހި ބަހާއި ސަގާފަތް ދެމެހެއްޓެނިވި ގޮތެއްގައި އަދި ޒިންމާދާރު ރަށްވެހިކަން
* ކޮމްޕެރޭޓިވް އެޑިޔުކޭޝަން އެންޑް ލައިފްލޯންގް ލާނިން
އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސްގައި ތަޢުލީމީ ދާއިރާ އަލުން ތަޞައްވުރުކޮށް މުސްތަޤްބަލަށް އަމާޒު ހިފުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ފުރުޞަތު އެ ދާއިރާގެ ހުރިހާ ފަރާތްތަކަށް އޮންނާނެ އެވެ.
ހަތް ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ބޭއްވީ އޮކްޓޯބަރު 1-2 އަށް ބޭއްވީ މާލޭގަ އެވެ.