Last Updated: June 16, 06:39
Tuesday, June 16, 2026
ޚަބަރު

ފްލެޓަކުން ފޯނެއް ވަގަށް ނެގި މީހަކު ހައްޔަރަށް

އައްޑޫ ސިޓީ ހިތަދޫގެ ފްލެޓަކުން ފޯނެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

އައްޑޫ ފުލުހުން މިއަދު ބުނީ ފްލެޓަކުން ވައްކަންކޮށްފައިވާ ކަމަށް އިއްޔެ ހިތަދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެ ވައްކަމުގެ ތުހުމަތުގައި 35 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނަ ވަގަށް ނެގި ފޯނާއި ސިމް ކާޑު ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.