Last Updated: June 16, 06:39
Tuesday, June 16, 2026
ކުޅިވަރު

ބެކަމަަށް ހޮލީވުޑް ވޯކް އޮފް ފޭމް

އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް އަށް ހޮލީވުޑްގެ ވޯކް އޮފް ފޭމްގެ ޝަރަފު ދީފި އެވެ.

އޭނަ އަކީ އެ ޝަރަފު އެރުވި 2،849 ވަނަ މީހާ އެވެ.

ބެކަމްގެ ހޮލީވުޑް ވޯކް އޮފް ފޭމް ތަރި ދައްކައިލަން އިއްޔެ އެމެރިކާގެ ލޮސް އެންޖެލިސްގައި ބޭއްވި ހަފުލާގައި އޭނަގެ އަންހެނުން ވިކްޓޯރިއާ ބެކަމާއި ބައެއް ދަރިން ބައިވެރިވި އެވެ.

އެ ހަފުލާގައި ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި، ޓޮމް ކްރޫޒް ބައިވެރިވެ، ބެކަމަށް މަރުހަބާ ކިޔައި އޭނަ އަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކާފައިވެ އެވެ. ކްރޫޒް ބުނި ގޮތުގައި ބެކަމް އަކީ ވޯކް އޮފް ފޭމް އެންމެ ބޮޑަށް ހައްގުވާ އެކަކު ކަމަށެވެ.

އެ ހަފުލާގައި ބެކަމް ބުނީ ހޮލީވުޑް ވޯކް އޮފް ފޭމަކީ ދުވަހަކު އުންމީދު ވެސް ކުރި ޝަރަފެއް ނޫން ކަމަށެވެ. އެކަމަކު އެ ޝަރަފު ލިބުމަކީ ލިބުނ ވަރަށް ވެސް ބޮޑު ފަހުރެއް ކަމަށް ބުންޏެވެ.

ބެކަމަށް ހޮލީވުޑް ވޯކް އޮފް ފޭމް އެރުވި އިރު، މީގެ ކުރިން އެ ޝަރަފު ލިބިފައިވާ ކުޅިވަރު ޝަހުސިއްޔަތުންގެ ތެރޭގައި ބޮކްސިން ލެޖެންޑް މުހައްމަދު އަލީ އާއި ކުރީގެ ޓެނިސް ތަރި ބިލީ ޖިއާން ކިންގް އަދި ބާސްކެޓް ތަރި ޝެގިލް އޮނީލް ހިމެނެ އެވެ.