Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

ޓިކްޓޮކް އެކައުންޓަކުން ސްކޭމެއް ހިންގާތީ ސަމާލުވާން އެދިއްޖެ

ޓިކްޓޮކް އެކައުންޓެއް ބޭނުންކޮށްގެން ސްކޭމް ހިންގާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފައިވަނީ، ޓިކްޓޮކް އެކައުންޓެއްގައި އޮޅުވާލައިގެން މަކަރާއި ހީލަތުން ކަންތައްތައް ހިންގަމުންދާ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިފަދަ ކަންކަަމަށް ރައްޔިތުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި އެކައުންޓް ހިންގަމުންދާ ފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. އަދި މިފަދަ ސޯޝަލް މީޑިއާގެ އެކި އެކި ޕްލެޓްފޯމްތަކުގައި ފޭކް އެކައުންޓްތައް ހަދައިގެން، ޖިނާއީ ކުށްތަކަށް އަރައިގަންނަމުންދާ ފަރާތްތައް ހޯދައި، އެފަރާތްތަކާމެދު ގާނޫނީގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ޓިކްޓޮކްގައި "އިނާ" ގެ ނަމުގައިވާ މި އެކައުންޓުން ޓިކްޓޮކްގައި ކޮށްފައިވާ ޕޯސްޓްތަކުގެ ތެރޭގައި ދުވަހު ކުއްޔަށް ކޮޓަރި ކުއްޔަށް ދޫކުރާ ކަމަށް ބުނެ ކޮށްފައިވާ ޕޯސްޓްތަކުގެ އިތުރުން ބަނބުކެޔޮ ވިއްކާ ކަމަށް ބުނެ ކޮށްފައިވާ ޕޯސްޓްތައް ހިމެނެ އެވެ.