Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

މީދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީ އަށް

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓު އެއްވަރުވުމުން، އަލުން ނެގި ވޯޓު، ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމް މިއަދު ކާމިޔާބުކޮށްފި އެވެ.

މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވީ ސުހާގެ އިތުރުން، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދެވެ.

މީދޫ ކައުންސިލް ރައީސް ހޮވަން އިތުރު ބުރަކަށް ދާން ޖެހުނީ ލޯކަލް ކައުންސިލް އިންތިހާބުގައި ދެ ކެންޑިޑޭޓުން އެއްވަރުވުމާ ގުޅިގެންނެވެ. އެގޮތުން އޭރު ސުހާ އާއި ޝާހިދަށް ވެސް ލިބުނީ 392 ވޯޓެވެ.

އެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 1،049 މީހުންނަށް ލިބިގެންވެ އެވެ. މިހާތަނަށް ލިބިފައިވާ ނަތީޖާތައް ދައްކާގޮތުން ސުހާ ވަނީ ކުޑަ ފަރަގަކުން އިންތިޚާބު ކާމިޔާބު ކޮށްފަ އެވެ.

އެހެންކަމުން، ދ. މީދޫގެ ކައުންސިލުގެ ފުރިހަމަ އަޣުލަބިއްޔަތު ލިބިފައިވަނީ ޕީއެންސީއަށެވެ.