ސަނީ ޑިއޯލް ވަކީލެއްގެ ރޯލު ކުޅެފައިވާ 'އިއްކާ' އަންނަ މަހުގެ 10 ގައި ނެޓްފްލިކްސް އިން ޕްރީމިއާ ކުރަން ނިންމައިފި އެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޓީޒާއެއް ވެސް ދައްކާލާފައިވާ މި ފިލްމަކީ ސިނަމާތަކަށް ނުގެނެސް ސީދާ ސްޓްރީމިން އަށް ދޫކޮށްލާ ސަނީގެ ފުރަތަމަ ފިލްމެވެ.
'އިއްކާ' އިިން ސަނީ ވަކީލެއްގެ ރޯލުން ފެނިގެންދާ އިރު، މީގެ ކުރިން ވެސް ހަމަ މި ކަހަލަ ރޯލެއް ކުޅެގެން އޭނަ އަށް ނެޝަނަލް އެވޯޑް ވެސް ލިބިފައިވެ އެވެ. އެއީ ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ 1993 ގެ ކާމިޔާބު ލިގަލް ޑްރާމާ 'ދާމިނީ' ގައި ކުޅުނު ވަކީލުގެ ރޯލުވެ. އެ ފިލްމުގައި ދައްކުވައި ދިން މޮޅު އެކްޓިންގެ ސަބަބުން ސަނީ އަށް އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ ނެޝަނަލް އެވޯޑްގެ އިތުރުން ފިލްމުފެއާގެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް ވެސް ލިބުނެވެ.
ސަނީގެ ވަރަށް މޮޅު ރޯލެއް 'އިއްކާ' އިން ވެސް ފެންނާނެކަން ޓީޒާ އިން ދައްކުވައިދޭ އިރު، މީގެ ކާސްޓްގައި އަކްޝޭ ކަންނާ، ދިއާ މިރްޒާ، ސަންޖީދާ ޝައިހް، އަކަންކްޝާ ރަންޖަން ކަޕޫރް އަދި ތިލޮތާމާ ޝޯމް ފަދަ ފަންނާނުން ފެންނާނެ އެވެ.
މި ފިލްމަކީ ސިދާތު ޕީ މަލްއުތުރާގެ ޑައިރެކްޝަނެކެވެ. އޭނަ އަކީ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ ރާނީ މުކަރްޖީގެ 2018 ގެ 'ހިޗްކީ' ގެ ޑައިރެކްޓަރެކެވެ. ސިދާތުުގެ އެންމެ ފަހުން ގެނެސްދިން ފިލްމަކީ އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާން ތައާރަފުވެގެން ދިޔަ ނެޓްފްލިކްސްގެ 2024 ގެ 'މަހާރާޖް' އެވެ.
ސަނީގެ 'އިއްކާ' އަންނަ މަހުގެ ބެލުންތެރިންނަށް ދޫކޮށްލާ އިރު، އޭނަގެ ބަޓްވާރާ 1947 އޮގަސްޓް މަހުގެ 14 ގައި ސިނަމާތަކަށް ގެންނާނެ އެވެ.
ސަނީގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ރިލީޒްކޮށް، ބޮޑު ތަރުހީބެއް ލިބުނު 'ބޯޑާ 2' އެވެ.