Last Updated: June 14, 10:09
Sunday, June 14, 2026
ޚަބަރު

ތިނަދޫ ހޮސްޕިޓަލުގައި ރަހިމުގެ ކާމިޔާބު ސާޖަރީއެއް

ތިނަދޫ ސިޓީގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް އަންހެނުންގެ ރަހިމަށް ޖެހޭ ބަލިތަކުގެ ސާޖަރީއެއް ކޮށްފި އެވެ.

އެ ހޮސްޕިޓަލުން ބުނީ މި އޮޕަރޭޝަންގައި ވާތްފަރާތުގެ އޯވަރީގައި އުފެދިފައިވާ ސިސްޓެއް ނެގުމާއި، ފެލޯޕިއަން ޓިއުބުގެ ފައިބްރޯމާ ނެގުމުގެ މަސައްކަތް ފަންނީ ހުނަރާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން ޑރ. ޢުބައިދު އަބްދުﷲ އިސްވެ ހުންނަވައި ކުރިއަށް ގެންދިޔަ ސާޖިކަލް ކޭމްގައި، މި އޮޕަރޭޝަންގައި ބައިވެރިިވި ޑޮކްޓަރުންގެ ޓީމުގައި ޑރ. އާމިނަތު ނުޞްރާ، ޑރ. ޖުމައިލަތު ބޭގަމް، ޑރ. އައްސަދު މުޙައްމަދު، ޑރ. މުޙައްމަދު އަމީން ޙާމިދު، ޑރ. މުޙައްމަދު ޙަމްޒާ، އަދި ޑރ. މަޙްމޫދު ސައްޔިދު އަޙްމަދު މުޙައްމަދު ސައުދު ހިމެނެ އެވެ.

މީގެއިތުރުން ތިއޭޓަރުގެ މުޅި ޓީމުން ދެއްކި ފަރުވާތެރިކަމާއި ކުރި މިންނެތް މަސައްކަތަށް އެ ހޮސްޕިޓަލުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މިއީ އެ ހޮސްޕިޓަލުން ސިއްޙީ ޚިދުމަތް ދިނުމުގައި ހޯދި ފާހަގަކޮށްލެވޭ މުހިންމު ކުރިއެރުމެއް ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފަ އެވެ.