Last Updated: June 14, 10:09
Sunday, June 14, 2026
ޚަބަރު

އެމްއެންޑީއެފްގެ ސަރަޙައްދީ ކޮމާންޑްތަކަށް ޒިޔާރަތްކޮށްފި

އެމްއެންޑީއެފްގެ ސަރަޙައްދީ ބައެއް ކޮމާންޑްތަކަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، ޙަސަން ރަޝީދު ޒިޔާރަތްކުރައްވައިފި އެވެ.

މިގޮތުން ވަޒީރު ޒިޔާރަތްކުރައްވާފައިވަނީ، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށާއި، އެ ކޮމާންޑްގައި ހިންގާ އެއަ ސްޓޭޝަން އަދި އެމްއެންޑީއެފް ފުވައްމުލައް ޕޯސްޓަށެވެ.

މި ޒިޔާރަތުގައި، އެމްއެންޑީއެފްގެ މި މަރުކަޒުތަކުގައި މަސައްކަތްކުރާ ސިފައިންނާ ވަޒީރު ބައްދަލުކުރައްވައި، އެ މަރުކަޒުތަކުގައި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވި އެވެ.

އަދި މި މަރުކަޒުތަކުގައި މަސައްކަތްކުރާ ސިފައިންނަށް ދަތިވާ ކަންކަން ވަޒީރު އޮޅުންފިލުވައި، މިކަންކަން ޙައްލުކުރަން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވި އެވެ.