Last Updated: June 16, 06:39
Tuesday, June 16, 2026
ޚަބަރު

ޒީނާޒް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް

ކުރީގެ ލޯކަލް ގަވަރަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އަނބިކަނބަލުން ޒީނާޒް އަދުނާން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފި އެވެ.

ފުވައްމުލަކަށް ނިސްބަތްވާ ޒީނާޒަކީ ކުރިން ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް އަދާކުރެއްވި ބޭފުޅެކެވެ އެވެ. އޭނަ އެ މަގާމުން ވަކިކުރީ، އެ ޕާޓީ އަށް މެންބަރުން އިތުރުކުރުމަށް ހުށަހެޅި ފޯމުތަކެއްގެ ތެރޭގައި ސޮއި ފޯޖުކޮށްގެން ހަދާފައިވާ ވަގު ފޯމުތަކެއް ހުރި މައްސަލައެއް 2024 ގައި ފެންމަތިވެ، ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާ ގުޅިގެންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޒީނާޒް ކުޑަކުދިންގެ ހިޔާގެ ސީއީއޯކަން ވެސް ކުރެއްވި އެވެ. އޭރު އާދަމް ޝަރީފަކީ ޑިފެންސް މިނިސްޓަރެވެ.

ޒީނާރަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްކަން ދިން އިރު، އޭނަގެ ފިރިކަލުން އާދަމް ޝަރީފު މި ސަރުކާރުގައި ހިންގަވަމުން އައި ލޯކަލް ގަވަރަމަންޓް މިނިސްޓްރީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ވަނީ އުވާލައިފަ އެވެ. އަދި އާދަމް ޝަރީފަށް މިނިސްޓަރުކަން ގެއްލިފައި ވަނިކޮށް އޭނަ މިހާރު ވަނީ ރާއްޖެ އިން ޔޫއޭއީ އަށް ކަނޑައަޅާ ސަފީރަކަށް އައްޔަން ކުރަން ނިންމައިފަ އެވެ.

މިނިސްޓަރުކަން ގެއްލުމަށް ފަހު އާދަމް ޝަރީފު އައްޔަންކުރީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށެވެ.