Last Updated: June 17, 06:02
Wednesday, June 17, 2026
ޚަބަރު

ވަގަށް ފުލުހުންގެ މަރުކަޒަކަށް ވަން މީހަކު ހައްޔަރުކޮށްފި

ހުއްދަ ނެތި ފުލުހުންގެ މަރުޒަކަށް ވަން މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ފުވައްމުލައް، ދިގުވާނޑު، ގުރަހާގެ، އަޙްމަދު ފަޔާޒް، 31، އެވެ.

މި މައްސަލައާ ގުޅިގެން އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިމްމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.

ފަޔާޒްގެ ބަންދު އަމުރުގައިވާގޮތުން އޭނަ ވަގަށް އޭނަ ވަދެފައި ވަނީ ފުލުހުންގެ ވެހިކަލް ގަރާޖަކަށެވެ. އެއީ ފުލުހުންގެ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން އިމާރާތެވެ.

ނަމަވެސް ކޯޓްގައި ފަޔާޒް ވަނި އެތަން ވަންކަމަށް އިންކާރުކޮށްފަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުން ފަޔާޒް ކުރި އަމަލަށް ވަނީ ހެކި ލިބިފަ އެވެ. އެގޮތުން ސީސީޓީވީ ފުޓޭޖްތަކާއި، ސްނެޕް ޝޮޓްތައް ފުލުހުން ކޯޓަށް ހުށަހަޅާފައިވެ އެވެ.

ފަޔާޒަކީ ކުރިން ވެސް ކުށުގެ ރެކޯޑްތަކެއް އޮތް މީހެކެވެ.