ޑޮލަރު ޑެބިޓް ކާޑުން މުއާމަލާތްކޮށްގެން ކޮންމެ ހަފުތާއަކު 1،000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފި އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 30 ގެ ނިޔަލަށެވެ.
Shop, subscribe, travel, and pay for digital services worldwide with a USD Debit Card.
View more: https://t.co/F1e4Xu2rUN pic.twitter.com/OTFtnMDd1N
— Bank of Maldives (@bankofmaldives) June 14, 2026
ޕްރޮމޯޝަންގައި ބައިވެރިވުމަށް ބޭންކުން ދޫކުރާ ޑޮލަރު ޑެބިޓް ކާޑަކަށް އަލަށް އެޕްލައި ކުރަން ޖެހެ އެވެ. އަދި އެ ކާޑުން މަދުވެގެން 100 ޑޮލަރުގެ މުއާމަލާތްތައް ކުރަން ޖެހޭނެ އެވެ. އެގޮތުން ޑޮލަރު ޑެބިޓް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކޮށްގެންނާއި ސަބްސްކްރިޕްޝަންތަކަށް ފައިސާ ދައްކައިގެންނާއި ޓިކެޓް ނަގައިގެންނާއި ޑިޖިޓަލް ޚިދުމަތްތަކަށް ފައިސާ ދައްކައިގެން ވެސް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ގައުމީ ބޭންކުން ބުންޏެވެ.
ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ގިނަ ކަސްޓަމަރުން ތިބި ބޭންކެވެ.