Last Updated: June 17, 06:02
Wednesday, June 17, 2026
ޚަބަރު

ފަރުމަސްވެރިކަމުގެ މުބާރާތަކަށް ހުޅުވާލައިފި

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ ފަރުމަސް މުބާރާތެއްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ މި އަހަރުގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރަން ހިންގާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ މުބާރާތެއް ކަމަށެވެ. އެ

ހެންވެ ރާއްޖޭގެ ހުރިހާ ރަށަކަށް ވަނީ މުބާރާތް ހުޅުވާލައިފަ އެވެ.

މި މުބާރާތުގައި މާލޭ ސަރަހައްދުން ބައިވެރިވެވޭނީ ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 20 ޓީމަށް ކަމަށް މިނިސްޓްރީން ބުންޏެވެ. ރަށްރަށުގައި ބައިވެރިވާނެ ޓީމުތަކުގެ އަދަދު ކަނޑައަޅާނީ ރަށްރަށުގެ ކައުންސިލުތަކުންނެވެ.

ދެ ޖިންސުގެ މީހުންނަށްވެސް ބައިވެރިވެވޭ މި މުބާރާތުގެ ކޮންމެ ޓީމެއްގައި މެނޭޖަރަކާއެކު ގިނަވެގެން ހިމެނޭނީ 13 މެންބަރުންނެވެ. އޭގެ ތެރޭގައި އުޅަނދުގެ ފަތުރުވެރިން ނުހިމެނޭނެ އެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން އަންނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.

މަސް ރޭސްގެ ނަމުގައި ބާއްވާ މުބާރާތް އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. އެއީ އެ ދުވަހުގެ މެންދުރުފަހު 3:00 އިން ފެށިގެން ރޭގަނޑު 9:00 އާ ހަމައަށެވެ.

މި މުބާރާތުން އެއްވަނަ ޓީމަކަށް 30،000ރ، ދެވަނައަށް 25،000ރ، އަދި ތިންވަނައަށް 20،000ރ. ވަނީ ހުށަހަޅައިފަ އެވެ. އަދި އެންމެ ބަރު މަސް ބާނާ މަސްވެރިޔަކަށް 5،000ރ. ދޭނެ އެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޖޫން 1 އެވެ. ހެވެ. އެ ދުވަސް ފާހަގަ ކުރަމުން އަންނަނީ 1992 އިން ފެށިގެންނެވެ.