Last Updated: June 15, 22:59
Monday, June 15, 2026
މުނިފޫހިފިލުވުން

'ގިލަން' ގެ ޓިކެޓް ވިއްކަން ފަށައިފި

އޮލިމްޕަހުގައި އަޅުވަން ތައްޔާރުވަމުން އަންނަ ފިލްމު 'ގިލަން' ގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.

މި ފިލްމުގެ ޝޯތައް އޮލިމްޕަހުގައި ކުރިއަށް ގެންދަން ނިންމާފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ރެއިން ފެށިގެން އަންނަ މަހުގެ 14 ވަނަ ރެއާ ހައަމަށެވެ.

'ގިލަން' އަކީ ރާއްޖޭގައި މިހާތަނަށް ފީޗާ ފިލްމު ޑައިރެކްޓްކުރި އަމްޖަދު އިބްރާހިމް (އަޖްމޭ) ގެ 50 ވަނަ ފިލްމެވެ. މި ފިލްމު ހަދާފައި ވަނީ ވާހަކަ ލިޔުންތެރިޔާ މުހައްމަދު ގާސިމް ގިލަން ގެ ނަމުގައި ގެނެސްދިން މަގުބޫލު ވާހަކައަކަށް ބިނާކޮށެވެ.

މިއީ އާއިލީ ސިއްރު ލޯބީގެ ގުޅުންތަކެއްގެ ތެރެއިން ރޫހާނީ ހާދިސާތަކެއް ވެސް ކިޔައިދޭ އެއްޗެކެވެ.

'ގިލަން' ލީޑް ކާސްޓްގައި ހިމެނެނީ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ފާތުމަތު އާޒިފާ (އަޒޫ) އެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަޒޫގެ ފިރިމީހާ އަހުމަދު ސައީދާއިި އައިމިނަތު ނޫރާ އާއި ދަރާ މުހައްމަދު ރަޝީދުގެ އިތުރުން މަރިޔަމް ޝަކީލާ ވެސް ހިމެނެ އެވެ.

'ގިލަން' އަކީ މި އަހަރު އަޅުވާ 5 ވަނަ ފިލްމެވެ.

އެންމެ ފަހުން އެ ތަނުގައި ދެއްކީ އެޕްރީލް 29 ގައި ޕްރީމިއާކުރި ޑައިރެކްޓަރު މުހައްމަދު ހިލްމީގެ "ލަމްހާ" އެވެ.

އަމްޖޭ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2024 ގެ 'އުދަބާނި 2' އެވެ.