Last Updated: June 15, 22:59
Monday, June 15, 2026
ދުނިޔެ

އެމެރިކާ އާއި އިޒްރޭލުގެ ސިފައިންތަކެއް މަރާލައިފި

ޙަމާސް އިން ދިން ހީވެސް ނުކުރާ ފަދަ ކުއްލި ޙަމަލާއެއްގައި އެމެރިކާ އާއި އިޒުރޭލުގެ 10 ސިފައިން މަރާލައިފި އެވެ.

އެ ދެ ގައުމުގެ އެ ސިފައިންނަކީ އިޒުރޭލުގެ ވަކި ޤަބީލާއެއް ކަމަށްވާ ކިބުޓްޒު ޤަބީލާގެ މީހުން ޙިމާޔަތް ކުރުމަށް ހަވާލުކޮށްފައިވާ ބައެކެވެ. އެ މަސައްކަތުގައި އެމީހުން އުޅެނިކޮށް ޙަމާސްގެ ހަނގުރާމަވެރިން ކުއްލިއަކަށް އެމީހުން ވަށާލައި، އެ އެންމެން ކުކުޅުތަކެއްހެން ރޯސްކޮށްލި އެވެ.

އިޒުރޭލުން ކިތަންމެ ހަރުކަށި ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް އިޒުރޭލުގެ ރައްޔިތުންނަކަށް ސަލާމަތެއް ނެތެވެ.

އެހެންކަމުން މިހާރުގެ ސަރުކާރުގެ އަަސްކަރީ ފިޔަވަޅުތަކާ މެދު އިޒުރޭލުގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. އަދި މިފަދަ ޚަބަރުތަކާއި، ތަސްވީރުތައް އެމީހުން ދަނީ އިޖުތިމާޢީ މަންސަތަކުގައި ޝާއިޢު ކުރަމުންނެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.