މާލޭގެ ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދަށް ކަޅުތެޔޮ އެޅުމާ ގުޅިގެން އެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން ރޭ ބުނީ ރަސްފަންނާ ދިމާ ކަނޑުން ފަޅުތެރެއަށް ތެޔޮ ވަދެފައިވާތީ ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު މިހާ ރުވަނީ ވަގުތީގޮތުން ބަންދުކޮށްފައި ކަމަށެވެ. އެހެންވެ އެ ސަރަހައްދު ސާފުކޮށް ނިމެންދެން މޫދަށް ނޭރުމަށް އިލްތިމާސްކޮށްފައިވެ އެވެ
ނަމަވެސް މިއީ ކިހިނެއް ދިމާވި ކަމެއް އަދި ސާފެއް ނުވެ އެވެ.
މީގެ ކުރިން ވެސް ރަސްފަންނު މޫދަށް ކަޅުޔެތޮ އެޅުމުގެ ހާދިސާތައް ހިނގާފައިވެ އެވެ.
މި ފަހަރު މިކަން މި ދިމާވީ ރަސްފަންނު ބޮޑު މަރާމާތަކަށް ފަހު މީގެ ދެ ތިން ދުވަސް ކުރިން ހުޅުވައިލިތަނާ އެވެ.