Last Updated: July 10, 21:44
Friday, July 10, 2026
ޚަބަރު

މި އަހަރު އެއް މިލިއަން ގަސް އިންދަނީ

ސަރުކާރުގެ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާގެ ދަށުން، މި އަހަރުގެ ތެރޭގައި 1 މިލިޔަން ގަސް އިންދުމަށް އަމާޒު ހިފައިފި އެވެ.

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަކީ 2024 ގެ ތިމާވެށީގެ ދުވަސް ކަމަށްވާ ޖޫން 5 ގައި ފެށި މަޝްރޫއެެކެވެ.

މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް އިއްޔެ ވިދާޅުވީ މި މަޝްރޫއުގެ ދަށުން މިހާތަނަށް 1.6 މިލިއަން ގަސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންދާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރުތެރޭ ވެސް އިތުރު އެއް މިލިއަން ގަސް އިންދުން." އޭނަ ވިދާޅުވި އެވެ.

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ.