'ނާމް' ގެ ނަމުގައި ބޮލީވުޑުން އަނެއްކާ ވެސް ފިލްމެއް އިއުލާންކޮށްފި އެވެ.
މިއީ 1986 ގައި 'ނާމް' ގެ ނަމުގައި ވަރަށް ކާމިޔާބު ފިލްމެއް ފެނެސްދިން ޑައިރެކްޓަރު/ޕްރޮޑިއުސަރު މަހޭޝް ބަޓް ޕްރެޒެންޓްކޮށްދޭ ގޮތަށް މިއަދު އިއުލާންކުރި ފިލްމެކެވެ. އެކްޝަން ތުރިލާއެއްގެ ގޮތުގައި ހަދަން ނިންމާފައިވާ 'ނާމް: ޓު ލިވް އިޒް ވޯ' ގެ ލީޑް އެކްޓަރުންނަކީ ވީރު ޕަހަރިއާ އާއި ވަރޫން ޝަރުމާ އެވެ.
ވީރު އަކީ 2024 ގެ 'ސްކައި ފޯސް' އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރެވެ. އަދި ނާމް އަކީ އޭނަ ސޮއިކުރިކަން ރަސްމީކޮށް އިއުލާންކުރި ދެވަނަ ފިލްމެވެ.
'ނާމް' ގެ އެކްޓަރުން އިއާލާންކުރި ނަމަވެސް، މިއަށް ބަތަލާއަކު އަދ ފައިނަލެއް ނުކުރެ އެވެ. ފިލްމުގެ ޑައިރެކްޓަރަކީ މީގެ ސްކްރީންޕްލޭގައި ވެސް ހިއްސާވާ ސިދާންތު ސަޗްދޭވް އެވެ.
'ނާމް' ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ކާމިޔާބު އެތައް ފިލްމެއް ހަދާފައިވާ މަހޭޝްގެ ބެލުމުގެ ދަށުންނެވެ.
އޭނަ 'ނާމް' ގެ ނަމުގައި ގެނެސްދިން ފިލްމަކީ ސަންޖޭ ދަތާއި ކުމާރު ގޯރަވާއި ޕޫނަމް ދިލަންގެ އިތުރުން އަމްރިތާ ސިންގްއާ އެކު ގެނެސްދިން ކްރައިމް ތުރިލާއެކެވެ.
'ނާމް: ދަ މިސިން އައިޑެންޓިޓީ' ގެ ނަމުގައި އަޖޭ ދޭވްގަންގެ ވެސް ފިލްމެއް ވެސް ރިލީޒްކޮށްފައިވެ އެވެ. އެއީ 2004 ގައި ޝޫޓްކޮށް ރިލީޒް ނުކުރެވި، ދިގުލައިގެން ގޮސްފައި ވަނިކޮށް 2024 ގައި ރިލީޒްކުރި ފިލްމެވެ. އަޖޭގެ 'ނާމް' ގެ ޑައިރެކްޓަރަކީ އަނީސް ބަޒްމީ އެވެ.