Last Updated: June 18, 06:15
Thursday, June 18, 2026
ޚަބަރު

ސީޕްލޭން ޕްލެޓްފޯމެެއް ހަދާތީ ޖޫރިމަނާކޮށްފި

ހުއްދަ ނެތި ވ. ނޫއީ މޯލްޑިވްސް ކުނާވަށީގައި ސީޕްލޭނެ ޕްލެޓްފޯމެއް ހަދަން ފެށުމާ ގުޅިގެން ސީޖޭއެލް އިންވެސްޓްމެންޓް ކުންފުނި ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން މައުލޫމާތު ދިން ބުނީ ކުންފުނި 20،000ރ. އިން ޖޫރިމަނާ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް އީއައިއޭ ހެދުމާ ބެހޭ ގަވާއިދުގައިވާ ގޮތުން ތިމާވެއްޓަށް ފާހަގަކުރެވޭ ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއް ނުބަލައި ކަމަށެވެ.

ސީޖޭއެލްގެ ޖޫރިމަނާ ދައްކަން ޖެހޭނީ ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގަ އެވެ. އަދި ކުނާވަށީގައި ސީޕްލޭން ޕްލެޓްފޯމް ހެދުމުގެ މަޝްރޫއު އަށް އީއައިއޭ ފުރިހަމަ ކުރުމަށް ފަހު ކުރިއަށް ގެންދިއުމަށް އަންގާފައިވެ އެވެ.