ޞުލްޙައާ ގާތަށް އާދެވެއެވެ. ލުބުނާނަށް ބޮން އަޅައެވެ. ޞުލްޙައިގެ އެއްބަސްވުން ނުރައްކަލުގެ ތެރެއަށް ހުށަހެޅެއެވެ. މި ޕެޓާރން، މިގޮތަށް އެތައް ފަހަރަކު ތަކުރާރުވެއްޖެއެވެ.
މިހާތަނަށް ފާއިތުވީ ޞުލްޙައިގެ މަޝްވަރާތަކުގެ ވަގުތު ރޮނގަށް ކަޅިއެއް އެއްލަމާ ހެއްޔެވެ؟
އޭޕްރީލު 13 ގައި ޞުލްޙައިގެ މަޝްވަރާތަކުގައި އެމެރިކާއާއި އީރާނުން އެއްބަސްވުމަކަށް އައެވެ. 14 އޭޕްރީލުގައި، އިޒުރޭލުން ލުބުނާނަށް ބޮން އެޅި އެވެ. 15 އޭޕްރީލުގައި، އީރާނުން އެއްބަސްވުން ބާޠިލުކުރި އެވެ.
މެއި 13 ގައި ޞުލްޙައިގެ މަޝްވަރާތަކުގައި އެމެރިކާއާއި އީރާނުން އެއްބަސްވުމަކަށް އައެވެ. އެ މަހުގެ 14 ގައި، އިޒުރޭލުން ލުބުނާނަށް ބޮން އެޅި އެވެ. މެއި 15 ގައި، އީރާނުން އެއްބަސްވުން ބާޠިލުކުރި އެވެ.
މި މަހުގެ 13 ގައި ޞުލްޙައިގެ މަޝްވަރާތަކުގައި އެމެރިކާ އާއި އީރާނުން އެއްބަސްވުމަކަށް އައެވެ. އަދި މި މަހުގެ 14 ގައި އިޒުރޭލުން ލުބުނާނަށް ބޮން އެޅި އެވެ. މިއަދު 15 ޖޫންގައި، އީރާނުން އަނެއްކާ ވެސް އެއްބަސްވުން ބާޠިލު ކުރާނެ އެވެ.
ދުނިޔެ އިން ނޭނގޭ ކަމަށް ހެދިގެން އުޅޭ އުޅުން ހުއްޓާލުމުގެ ކުރިން، އެއް ސްކްރިޕްޓެއް ކިތައް ފަހަރު ތަކުރާރުވާން ޖެހޭނެ ހެއްޔެވެ؟
އެމެރިކާއާއި، އީރާނުން އެއްބަސްވުމަކަށް އަންނަ ކޮންމެ ފަހަރަކު، އިޒުރޭލުން ލުބުނާނަށް ކުއްލިއަކަށް ޙަމަލާ ދެއެވެ. އެހިސާބުން ޑިޕްލޮމެސީން، ހަމަނުޖެހުމަށް ސުރުޚީތައް ބަދަލުވެއެވެ. ދެން އެންމެންގެ ސުވާލަކީ ޞުލްޙައިގެ އެއްބަސްވުން ދެމިއޮންނާނެތޯއެވެ؟
އެއީ ޞުލްޙަ ޤާއިމުކޮށް، އެކަން ޙިމާޔަތްކޮށް ދެމެހެއްޓޭނެ ގޮތެއް ނޫނެވެ. އެއީ ސުލްޙައާ އަމަން އަމާންކަން ފަނާކޮށް ނެތިކޮށްލާ ގޮތެވެ.
އާދައިގެ މަތިން، މިފަދަ ކޮންމެ ހަމަނުޖެހުމެއްގެ އަގު ދައްކަނީ އާންމު ރައްޔިތުންނެވެ. ފާޑުފާޑުގެ ބަޔާންތައް ނެރޭ ސިޔާސީ މީހުންނެއް ނޫނެވެ. އެއީ، ޑްރޯންތަކާއި، މިސައިލުގެ ވައިގެ ޙަމަލާތަކާއި، ގޯތި ގެދޮރު ދޫކޮށް ދިއުމާއި، ބިރުވެރިކަމާއި، ފަނާކުރަނިވި އަޑުތަކުގެ ތެރޭގައި ދިރިއުޅޭ ލުބުނާނުގެ އާންމު ރައްޔިތުންނެވެ.
އިޒުރޭލުން ޙަޤީޤަތުގައި ޞުލްޙަ ބޭނުންވާއިރު، ޑިޕްލޮމެޓިކް ގޮތުން ލިބިދާނެ ކޮންމެ ކުރިއެރުމަކާއެކު، ލުބުނާނަށް ބޮމުގެ އިތުރު ޙަމަލާތައް ދެނީ ކީއްވެގެން ހެއްޔެވެ؟
ކޮންމެ ފަހަރަކު، ޞުލްޙައިގެ ވާހަކަތައް ނާކާމިޔާބުވަނީ ކީއްވެގެންތޯ ސުވާލުކުރުން ދުނިޔެއިން ހުއްޓާލާފައި، އެކަން ނާކާމިޔާބުވަނީ ކޮންބައެއްގެ ސަބަބުންތޯ ސުވާލުކުރަން ފައްޓަން ވެއްޖެއެވެ. ދުވަހަކުވެސް، ޝައިޠާންޔާހޫއާއި، އިޒުރޭލުގެ ދައުލަތް ވުޖޫދުގައި ދެމިއޮތްހާ ހިނދަކު، މެދުއިރުމައްޗާއި، ދުނިޔެއަށް ޞުލްޙައިގެ ވަސް ވެސް ނުލިބޭނެއެވެ.
އެހެނީ، ޞުލްޙައިގެ އެއްބަސްވުމަކާ ހިސާބަށް އާދެވޭ ކޮންމެ ފަހަރަކު އިޒުރޭލުން ލުބުނާނަށް ޙަމަލާ ދެނީ ގަސްތުގައި، ޞުލްޙައިގެ މަޝްވަރާތައް ފޭލްކޮށްލުމަށްޓަކައެވެ. ފަހަރެއްގައި، އެއީ ޔުނައިޓެޑް ސްނޭކްސް އޮފް އެމެރިކާ އާއި އިޒުރޭލުގެ ރޭވުމަކަށް ވެސް ވެދާނެއެވެ.
އަސްލު މައްސަލައަކީ ކޮބަައިކަން އެންމެންނަ ށްވެސް އެނގެއެވެ. އެއީ ޝައިޠާންޔާހޫ އާއި، އިޒުރޭލޭ ކިޔާ ނާގަ ހަރުފަ އެވެ.
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.