Last Updated: June 15, 22:59
Monday, June 15, 2026
ޚަބަރު

ޒާހިދުގެ ބަދަލުގައި އީސީ އަށް ޝަކީލު

އިލެކްޝަންސް ކޮމިޝަން(އީސީ) ގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލް އައްޔަން މިއަދު ކުރަން މަޖިލިހަށް ފޮނުވައިފި އެވެ.

އޭނަ އަކީ ކުރިން ވެސް އީސީގެ މެންބަރުކަމުގެ އިތުރުން ޑިރެކްޓަ ޖެނެރަލްގެ މަގާމު ވެސް އަދާކުރެއްވި ބޭފުޅެކެވެ،

ޒާހިދު އީސީން އިސްތިއުފާ ދެއްވީ މެއި މަހުގެ 1 ގަ އެވެ. އީސީގެ މެންބަރު ކަމަށް ޒާހިދު އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.