Last Updated: June 15, 22:59
Monday, June 15, 2026
ޚަބަރު

އަޕާ ނޯތު ފުލުހުންނަށް ޝަރަފުގެ ނިޝާން ދީފި

އަޕާ ނޯތު ޕޮލިސް ރީޖަންގައި މަސައްކަތްކުރާ ފުލުހުންނަށް ޝަރަފުގެ ނިޝާން ދިނުމާއި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާ ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އިސް ދައުރެއް އަދާކުރި ފުލުހުންގެ އަގުވަޒަންކުރުމަށް ރަސްމިއްޔާތެއް ބާއްވައިފި އެވެ.

އިއްޔެ ހދ. ފިނޭގައި ބޭއްވި ރަސްމިއްޔާތުގައި އެ މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން އަދި ޝަރަފުގެ ނިޝާން ހަވާލުކޮށް ދެއްވީ ސީޕީ އަޙްމަދު މުޙައްމަދެވެ.

އެ ރަސްމިއްޔާތުގައި، އަޕަ ނޯތު ޕޮލިސް ރީޖަންގެ 9 ފުލުހަކަށް ޝަރަފުގެ ނިޝާން ލިބިފައިވެއެވެ. އަދި ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކޮށް ކާމިޔާބުކަމާ އެކު ނިންމުމުގައި އަމަލީގޮތުން ބައިވެރިވެ މަސައްކަތްކޮށްފައިވާ ފުލުހުންނަށާއި، ތަހުގީގުކުރުމަށް އެކިގޮތްގޮތުން އެހީތެރިވެދީފައިވާ ފުލުހުންގެ މަސައްކަތް ބަލައިގަނެ، 34 ފުލުހެއްގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދީފައިވެ އެވެ.