އެމެރިކާގެ އެއާ ފޯސްގެ ބޯޓެއް ވެއްޓި އޭގައި ތިބި އެންމެން މަރުވެއްޖެ އެވެ.
ބޮއިންގެ ދެ މުވައްޒަފަކު ވެސް ހިމެނޭ ގޮތަށް 8 މީހަކު ރޫޓިން ޓެސްޓް މިޝަނަކަށް ނައްޓައިލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވެއްޓުނީ ބީ-52 މަރުކާގެ ބޯޓެކެވެ.
އެ ބޯޓް ވެއްޓުނީ ދެކުނު ކެލިފޯނިއާގެ އެޑްވަޑްސް ވައިގެ މަރުކަޒުން ފުރިތާ ކުޑައިރުކޮޅެއް ފަހުންނެވެ. އެގޮތުން ނައްޓައިލިތާ މަދު ވަގުތުކޮޅެއް ފަހުން ރޯވެ، ބޯދުންތަކެއް ވެސް ޖައްވުގެ ތެރެއަށް ފެތުރިގެން ދިޔަ އެވެ.
Eight crew members are believed dead after a U.S. Air Force B-52 Stratofortress crashed shortly after takeoff at Edwards Air Force Base in California. pic.twitter.com/B1YLBricpS
— Open Source Intel (@Osint613) June 15, 2026
ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް ސާފެއް އަދި ނުވާ އިރު، މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން އެޑްވަޑްސް އެއާ ފޯސް ބޭސްގެ ހުރިހާ އޮޕަރޭޝަންތަކެއް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް ކާނަލް ޖޭމްސް ހޭޔެސް ވިދާޅުވި އެވެ.