Last Updated: June 16, 20:09
Tuesday, June 16, 2026
މުނިފޫހިފިލުވުން

އަރްޗަނާގެ ދަރިން ރާއްޖޭގައި

އިންޑިއާގެ މަޝްހޫރު ސެލެބްރިޓީ އަރްޗަނާ ޕުރާން ސިންގްގެ ދަރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

މިހާރު ނެޓްފްލިކްސް އިން ގެނެސްދޭ 'ދަ ގްރޭޓް ކަޕިލް ޝަރުމާ ޝޯ' ގައި ހިނިގަނޑު ޖަހަން އިންނަ ބައިވެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އަރްޗަނާ އާއި އެކްޓަރު/ޑައިރެކްޓަރު ޕަރްމީތު ސޭތީގެ ދެ ފިރިހެން ދަރިން ކަމަށްވާ އަޔޫޝްމާން ސޭތީ އާއި އާރިއަމަން ސޭތީ، އެ މީހުންގެ ބައިވެރިންނާ އެކު ޗުއްޓީ ހޭދަ ކުރަމު އަންނަނީ ޑަބްލިއު މޯލްޑިވްސްގަ އެވެ.

މި ދަތުރުގެ ބައެއް ވީޑިއޯތައް އެ މީހުންގެ ފޭސްބުކާއި އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.

އާއިލީ ޔޫޓިއުބް ޗެނަލެއް ވެސް ހިންގައިގެން އާމްދަނީ ހޯދަމުން އަންނަ އަންނަ އަރްޗަނާގެ އާއިލާ އަކީ ވަރަށް ގިނައިން ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކޮށް، އެ މީހުންގެ ތަޖުރިބާތައް ވެސް ހިއްސާ ކުރަމުން އަންނަ އާއިލާއެކެވެ.

މި އާއިލާ ފާހަގަ ކުރެވެނީ ގުޅުން ވަރަށް ބަދަހި، އެކުވެރި މަޖާ އާއިލާއެއްގެ ގޮތުގަ އެވެ.

ބަތަލާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ އަރްޗަނާ އަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމު 'ކުޗް ކުޗް ހޯތާ ހޭ' ގައި މިސް ބްރަގާންޒާގެ ރޯލު ކުޅެފައިވާ ބަތަލާ އެވެ. އޭނަ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ އެޕްރީލްގައި ނެޓްފްލިކްސް އިން ގެނެސްދިން 'ޓޯސްޓާ' އެވެ.

އަރްޗަނާގެ ފިރިމީހާ ޕަރްމީތަކީ މަގުބޫލު ފިލްމު ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ ޑީޑީއެލްޖޭ ގައި ކުލްޖީތު ސިންގެ ރޯލު ކުޅުނު އެކްޓަރެވެ. އެ ފިލްމު ގެނެސްދިން ސްޓޫޑިއޯ ޔާޝްރާޖް ފިލްމްް ވައިއާރްއެފް) ގެ 2010 ގެ 'ބަދުމާޝް' ކޮމްޕެނީ އަކީ ޕަރްމީތު ލިޔެ، ޑައިރެކްޓްކުރި ފިލްމެކެވެ.