Last Updated: June 16, 20:09
Tuesday, June 16, 2026
ޚަބަރު

ކޯޓް އަމުރަކާ ހިލާފުވި މީހަކު ހިތަދޫން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ކުށްތައް ކުރަން ބޭނުން ކުރާތީ ކޯޓުން ބަންދުކުރި އައްޑޫ ހިތަދޫ ލާމިޔާގެއަށް ގެ އަމުރާ ހިލާފަށް ވަން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ގުޅިގެން ހިތަދޫ، ނޯޖަވާނީގެ، އަޙްމަދު ޒާހިރު، 50، ކަމަށެވެ. (50އ)ކަމަށެވެ. އޭނަ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން އާދީއްތަ ދުވަހު އެވެ. އަދި ބަންދާމެދު ގޮތެއް ނިންމުމަށް ޒާހިރު ކޯޓަށް ހާޒިރުކުރުމުން ބަންދަށް 7 ދުވަސް ޖަހާފައިވެ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ލާމިޔާގެ 90 ދުވަހަށް ބަންދު ކުރަން އަމުރުކުރީ މި މަހުގެ 8 ގަ އެވެ.

ކޯޓު އަމުރުގެ ދަށުން ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ. އެހެންވެ މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.