Last Updated: June 16, 20:09
Tuesday, June 16, 2026
ދުނިޔެ

އިންޑިއާގައި ޓެލެގްރާމް ވަގުތީ ގޮތުން މަނާކޮށްފި

މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ޓެލެގްރާމް އިންޑިއާގައި ވަގުތީ ގޮތުން މަނާކޮށްފި އެވެ.

އެ ގައުމުގެ އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީން ބުނީ ޓެލެގްރާމް މަނާކުރީ މި މަހުގެ 22 ހަމައަށް ކަމަށެވެ.

އެގޮތަށް ނިންމީ އެ ގައުމުގެ މެޑިކަލް އެންޓްރެންސް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުން މަކަރު ހެދުމަށް ޓެލެގްރާމް ބޭނުންކުރާ ކަމަށް ތުހުމަތުކޮށެވެ. އެގޮތުން އިމްތިހާނުގެ ސުވާލު ކަރުދާސްތައް ޓެލެގްރާމް ގްރޫޕްތަކުގައި ދައުރުކުރާ ކަމަށް ތުހުމަތުކޮށްފައިވެ އެބެ. އަދި އިރު ފޭކް ސުވާލު ކަރުދާސްތައް ވެސް ޓެލެގްރާމް ގްރޫޕްތަކުގައި ދައުރުކުރާ ކަމަށް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުންޏެވެ.

އެހެންވެ ވަގުތީ ގޮތުން މިފަދަ ފިޔަވަޅު އަޅަން ޖެހުނީ ކުރިއަށް އޮތް އިމްތިހާނުގެ ސައްހަކަން ކަށަވަރު ކުރުމަށާއި ކެންޑިޑޭޓުންނަށް ކުރިމަތިވެދާނެ އޮޅުވާލުންތަކުން ސަލާމަތް ކުރުމަށް މިނިސްޓްރީން ބުންޏެވެ.

މި މަހުގެ 22 އާ ހަމައަށް ޓެލެގްރާމް މަނާކުރަން ނިންމައި، އިންޑިއާ ސަަރުކާރުން ވަނި އެ އެޕްގައި އެކުލެވޭ މެސެޖް އެޑިޓިިން ފީޗާ މި މަހުގެ 30 އާ ހަމައަށް އެ ގައުމުގައި ބޭނުން ނުކުރެވޭ ގޮތަށް ހަދައި ދޭން ވެސް ޓެލެގްރާމްގައި އެދިފަ އެވެ.