Last Updated: June 18, 22:23
Thursday, June 18, 2026
ރިޕޯޓް

މީހުންގެ ވާހަކަތަކުން ހިތްހަމަޖެހުން ހޯދަން ނޫޅޭ!

ޢަބްދު ބްނި ޢައުނު ރަޙިމަހު ވިދާޅުވެފައިވެއެވެ؛

"ذِكْرُ النَّاسِ دَاءٌ، وَذِكْرُ اللهِ دَوَاءٌ"
މީހުންގެ ވާހަކަ ދެއްކުމަކީ ބައްޔެކެވެ. ﷲ މަތިން ހަނދުމަ ކުރުމަކީ ޝިފާއެކެވެ.

އަލްއިމާމް އައްޛަހަބީ ރަޙިމަހުﷲ، އެ ބަސްފުޅަށް ބާރުދެއްވަމުން ވިދާޅުވެފައިވެއެވެ.

"އާއެކެވެ. ގަންދީ ބުނަމެވެ. އެއީ ތެދެކެވެ. މިކަމުގައި ޢަޖައިބުވެގެންވާ ކަމަކީ، އަދި އަހަރެމެން ޖާހިލުވެފައިވާ ކަމަކީ، އަހަރެމެންނަށް އެކަމަކުން ޝީފާ ލިބޭނެ ކަންތައް ދޫކޮށްލާފައި، ބަލި ޖެހޭނެ ކަންތަކުގެ ތެރެއަށް އަމިއްލައަށް ވަދެގެންދާ ދިއުމެވެ." އެއަށް ފަހު މި އާޔަތްތަށް ޒިކުރު ކުރައްވާފައިވެ އެވެ.

ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ؛

﴿فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ﴾

މާނައީ: ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން شكر ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން كافر ނުވާށެވެ!
[البقرة: 152] ﴿وَلَذِكْرُ اللهِ أَكْبَرُ﴾
އަދި ހަމަކަށަވަރުން، اللَّه ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ.
[العنكبوت: 45]

﴿الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللهِ أَلاَ بِذِكْرِ اللهِ تَطْمَئِنُّ الْقُلُوبُ﴾

އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ނޫން ހެއްޔެވެ؟
[الرعد: 28]
މި އާޔަތްތަށް ޒިކުރު ކުރެއްވުމަށްފަހު އަލްއިމާމް އައްޛަހަބީ ރަޙިމަހު ވިދާޅުވެފައިވެއެވެ؛

"އެހެނެއް ކަމަކު، މި މަތިވެރިގެންވާ ފަޟުލު ( މަތިން ހަނދުމަކޮށް ޒިކުރު ކޮށްއުޅުމުގެ މަތިވެރިންކަން) ލިބޭނީ، އެމީހަކަށް އެކަމަށް އިރާދަ ކުރައްވާފައިވާ މީހަކަށެވެ. އެއީ ޒިކުރު ކުރުމުގެ މައްޗަށް ގަދައަޅާ މަސައްކަތްކުރާ މީހުންނާއި، ސުބްޙަނަހޫ ވަތަޢާލާގެ ރަޙްމަތުގެ ދޮރުގައި އަބަދުވެސް ޓަކި ޖަހަމުން ދާ މީހުންނަށެވެ."

މަސްދަރު: އިލްމީ ބުސްތާން