ހިމަބިހީގެ އިތުރު ކޭސްތަކެއް ފެނި، ޖުމްލަ ކޭސްތަކުގެ އަދަދު 20 އަށް އަރައިފި އެވެ.
އެޗްޕީއޭއިން ބުނީ ހިމަބިހީގެ އިތުރު ފަސް ކޭސް މިދިޔަ ހަފްތާގައި ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދުން ކަމަށެވެ. މިއާ އެކު އި މިހާތަނަށް މި އަހަރު ތެރޭގައި އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 20 އަށް އަރައިފަ އެވެ.
ހިމަބިހީގެ ކޭސްތައް އިތުރުވާތީ، ޝައްކުކުރެވޭ މީހުން ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗުގައި ހެލްޕް ޑެސްކެއް ވެސް ގާއިމުކޮށްފައިވެ އެވެ.
އަވައްޓެރި ގައުމުތަކާއި ދުނިޔޭގެ އެކި ބައެެއް އެހެން ސަރަހައްދުތަކުގެ ގައުމުތަކުގައި ވެސް މި ދުވަސްވަރު ހިމަބިހި ދަނީ ފެތުރެމުންނެވެ. މި ބައްޔަކީ ރާއްޖެ އިން ނައްތާލާފައިވާ ކަމަށް 2017 ގައި ކަނޑައަޅާފައިވާ ބައްޔެކެވެ.
އެޗްޕީއޭ އިން ވަނީ އެ ބަލީގެ އަލާމަތްތައް ފެންނަ ނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން އިލްތިމާސްކޮށްގަ އެވެ. ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާ އެކު ރަތް ބިހިތަކެއް ނެގުން ހިމެނެ އެވެ.