Last Updated: June 19, 06:09
Friday, June 19, 2026
ޚަބަރު

ގިނަ އަދަދެއްގެ ވޭޕް އަތުލައިގެންފި

ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމަންޓެއްގައި ގަވާއިދާ ހިލާފު ތަކެތި ހުރިކަމަށް ޝައްކުކުރެވިގެން، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ވޭޕް އަތުލައިގަނެފިއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ މި ޖޫން މަހުގެ 14 އަދި 15 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައެވެ. ކަސްޓަމްސްއިން ބަލާފާސްކުރި މި ޝިޕްމަންޓުގެ ތެރެއިން ވޭޕް ފެނިފައިވަނީ ވަރަށް ބޮޑަށް އޮޅުވާލައިގެން، ޕޮޓޭޓޯ ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކުގެ ތެރޭގައި ފޮރުވާފައި ހުއްޓައެވެ.

މި އޮޕަރޭޝަނުގައި ޖުމްލަ 1,108 ވޭޕް ކާޓްރިޖާއި 27 ވޭޕް ޑިވައިސް އަތުލައިގަނެ، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ވަނީ ގެނެވިފައެވެ.

ކަސްޓަމްސްއިން ބުނީ މި މައްސަލަ މިހާރު އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.