Last Updated: July 15, 18:06
Wednesday, July 15, 2026
ޚަބަރު

ހުޅުމާލޭގެ ފްލެޓެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއްވެއްޖެ

ހުޅުމާލޭގެ ފޭސް އެކެއްގެ 141 ވަނަ ފްލެޓްގައި މިއަދު ފަތިހު އަލިފާނުގެ ހާދިސާއެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެ އެވެ.

އެމްއެންޑީއެފަށް އެ ހާދިސާ ރިޕޯޓުކޮށްފައި ވަނީ ފަތިހު 4:32 އެހާކަށްހާ އިރު އެވެ. އެ ހާދިސާ ރިޕޯޓު ކުރުމާއެކު އަލިފާން ނިއްވާލުމަށް ހަރަކާތްތެރިވެފައިވާ ކަަމާއި މި ހާދިސާއާ ގުޅިގެން ދުމުގެ އަސަރުކުރި ހަ މީހަކު ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަލިފާން އެއްކޮށް ނިއްވައި ލެވުނީ ފަތިހު 4:58 ހާއިރުއެވެ.

އޭގެ ތެރޭގައި 18 އަހަރު ނުފުރޭ ދެ ކުދިން ހިމެނެ އެވެ. ނަމަވެސް އެންމެގެ ހާލު ވެސް މިހާރު ރަނގަޅެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނި ގޮތުގައި، ފްލެޓްގައި ރޯވި ހާދިސާއާ ގުޅިގެން އެ ތަނުގައި ދިރިއުޅެމުން ދިޔަ އާއިލާއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

އެހެންވެ އެ ހަ މީހުން ހިމެނޭ އާއިލާ ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ. އަދި އެ އާއިލާއަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ވެސް ވެސް ކުރިއަށްދާ ކަމަށް އެންޑީއެމް އިން ބުންޏެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި، މި ހާދިސާ ހިނގީ ފްލެޓްގެ ގްރައުންޑް ފްލޯގެ ބަދިގޭގައި ބޭނުންކުރި ފެން ހޫނުކުރާ ޕޮޓެއްގައި ރޯވެގެންނެވެ.