Last Updated: July 15, 18:06
Wednesday, July 15, 2026
ޚަބަރު

ފްލެޓަށް 35،930 ފޯމު، ގޯއްޗަށް 22،575 ފޯމު

މި ސަރުކާރުން ކުރިއަށް ގެންދާ ‏"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން "އާއިލީ ބޯހިޔާވަހިކަން" އަދި "ގޯތިގެދޮރު" ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް 58،000 އަށް ވުރެ ގިނަ ފޯމް ހުށައަޅައިފި އެވެ.

ގޯއްޗާއި ފްލެޓަށް އެދެން ދިން ސުންގަޑި ހަމަވާން އިއްޔެ ރޭ 11 11:59 އަށެށެވެ. ނަމަވެސް ޕޯޓަލް ޑައުވުމުން އެ ފުރުސަތު މެންދަމު 2:00 އާ ހަމައަށް ދިނެވެ.

ހައުސިން މިނިސްޓްރީން މިރޭ ބުނީ ‏"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "އާއިލީ ބޯހިޔާވަހިކަން" އަދި "ގޯތިގެދޮރު" ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް އެދި ޖުމްލަ 58،505 ފޯމް ހުށައަޅާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި 35،930 ފޯމާއި ގޯއްޗަށް އެދި 22،575 ފޯމެވެ.

‏"ބޯހިޔާވަހިކަން އެންމެންނަށް" ސްކީމުގެ ދަށުން 15,000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެ އެވެ. ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށް ނިންމާފައިވާ އިރު ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ދިނުމަށް ހަމަޖެހިފައިވެ އެވެ.