Last Updated: July 11, 17:50
Saturday, July 11, 2026
ޚަބަރު

ވަން ޕްރިޒަން ކޮންސެޕްޓް އޮތީ ފެށިފައި: އިޙްސާން

މާފުށީ ޖަލުގައި އަލަށް ބަހައްޓާ ބެގެޖް ސްކްރީނިން މެޝިން ބަހައްޓައި، ބޭނުން ކުރަން ފަށައިފި. ޖޫން 15 ގައި އެކަން އިފްތިތާހުކޮށް ދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން. އެމްއޭސީއެލުޖން ހަދިޔާކުރި ބެގެޖް ސްކްރީނިން މެޝިނަކީ، ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓުނު މެޝިނެއް. ފޮޓޯ/ ކަރެކްޝަންސް

ވަން ޕްރިޒަން ކޮންސެޕްޓްގެ މަސައްކަތް މިހާރު ފެށިފައި އޮތް ކަމަށް ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަާވިސް (އެމްސީއެސް)ގެ އިންސްޓިޓިއުޓް ފޮ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން، އެކި ކޯސްތައް ފުރިހަމަކުރި ޤައިދީންނަށް ސެޓްފިކެޓް ދޭން ބޭއްވި ރަސްމިއްޔާތުގައި އޭނަ ވިދާޅުވީ ދުވަސްތަކަކަށްފަހު ވަން ޕްރިޒަން ކޮންސެޕްޓްގެ މަސައްކަތް މިހާރު ފަށައިގަނެވިފައިވާ ކަމަށެވެ.

އިހްސާން ވިދާޅުވީ ދެ އަހަރު ދުވަހެއްގެ ތެރޭގައި މިހާރު ކުރިމަތިވެފައި އޮތް ޖަލުތަކުގެ ޖާގައިގެ ދަތިކަމާއި އިންފްރާސްޓްރަކްޗާގެ މައްސަލަތަކަށް ޙައްލެއް ލިބިގެން ދާނެ ކަމަށެވެ.

އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވެ، އެ ޕްރޮގްރާމްގައި ހޭދަކުރާ ކޮންމެ ދުވަހެއް، އެ ޤައިދީއެއްގެ ޖަލު ޙުކުމުން އުނިވާ ދުވަހެއްގެ ގޮތުގައި ހެދުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްކުރިއަށްދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ ޖަލަށް ދާ ކޮންމެ މީހަކީ ޖަލުން ނިކުމެގެން ދާއިރު މުޖްތަމަޢުއަށް ބޭނުންތެރި، މުޖްތަމަޢުއިން އެ މީހަކަށް އިޙްތިރާމްކުރާ އަދި އެމީހުންގެ ޢާއިލާތަކުން ބަލައިގަންނަ މީހަކަށްވާން ވާނެ ކަމަށެވެ. އަދި މުޖްތަމަޢުގައި ޢާމްދަނީއެއް ހޯދައިގެން އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ އަދި ދެން އަނބުރާ އެފަދަ ފެސިލިޓީއަކަށް ނާންނާނެކަމުގެ ފުރިހަމަ އަޒުމާއެކުގައި ނިކުންނަ މީހަކަށް ވާން އެދިވަޑައިގަތެވެ.