Last Updated: July 15, 18:06
Wednesday, July 15, 2026
ޚަބަރު

ގައިދީންނަށް ޑިގްރީ ކޯސްތަކެއް ހިންގުމަކީ އުންމީދެއް: ޒަރީރު

ޖަލު އޮފިސަރުންނާއި ޤައިދީންނަށް ޑިގްރީ ފެންވަރުގެ ކޯސްތައް ހިންގުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށް ޕްރިޒަން ކޮމިޝަނަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން، އެކި ކޯސްތައް ފުރިހަމަކުރި ޤައިދީންނަށް ސެޓްފިކެޓް ދިނުމުގެ ބޭއްވި ރަސްމިއްޔާތުގައި އޭނަ ވިިދާޅުވީ ޖަލުތަކުގެ ހިންގުމާއި ސެކިއުރިޓީ ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށާއި އެމްސީއެސްގެ އޮފިސަރުން ވަރަށް ބުރަ އަދި ހީވާގިކަމާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސެޓްފިކެޓް ހާޞިލްކުރި ޤައިދީންނަށް މަރުހަބާ ވިދާޅުވީ ޒަރީރު ވިދާޅުވީ އަޒުމާއި ހިތްވަރާއެކު ޤައިދީން އިސްނަގައިގެން ކޯސްތަކުގައި ބައިވެރިވެ، އަމިއްލަ ނަފްސަށް އިތުބާރުކޮށް، ހަރުދަނާވުމަށް މަސައްކަތްކުރާތީ އުފާކުރައްވާ ކަމަށެވެ. އަދި ގައިދީންނަކީ ޖަލުން އެނބުރި މުޖުތަމައަށް ނުކުންނަ އިރު، މުޖުތަމައު ބަލައިގަންނަ އިހުތިރާމު ކުރާ ބަޔަކަށް ވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ގައިދީން ރިހިބިލިޓޭޓްކޮށް، އެ މީހުންނަކީ ހަރުދަނާ ބަޔަކަށް ހަދަން ތަފާތު ގިނަ ޕްރޮގްރާމަތަކެއް މިހާރު ހިންގަމުން އަންނަ އިރު، ކުރިއަށް އޮތް ތަނުގައި ޖަލު އޮފިސަރުންނާއި ގައިދީންނަށް ވެސް ޑިގްރީ ފެންވަރުގެ ކޯސްތަކެއް ހިންގުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށް ސީޕީ ޒަރީރު ވިދާޅުވި އެވެ.