Last Updated: July 15, 18:06
Wednesday, July 15, 2026
ޚަބަރު

އަލިފާނުގެ ހާދިސާތަކުގެ ތަހުގީގީ ކޯހެއް ހިންގައިފި

ފުލުހުންނަށް ހާއްސަކޮށްގެން ފަޔަ އިންވެސްޓިގޭޝަން ކޯހެއް ހިންގައިފި އެވެ.

މިއީ ތައިލެންޑުގެ އިންވެސްޓިގޭޓިވް ފޮރެންސިކް އިންޓަގްރޭޝަން ކޮމްޕެނީ އާއި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ގުޅިގެން ހިންގި ކޯހެކެވެ.

މި މަހުގެ 3-15 އަށް ކުރިއަށް ގެންދިޔަ ކޯހުގައި، އަލިފާނުގެ ހާދިސާތައް ހިނގާ ސަރަހައްދުތައް ބަލައި ފާސްކުރުމާއި، އަލިފާން ފެތުރިފައިވާ ގޮތް ދެނެގަތުމާއި، އަލިފާން ރޯވި ސަބަބާއި އަސްލު ދެނެގަތުމުގެ އިތުރުން، އެފަދަ ހާދިސާތަކުގެ ހެކި ދެނެގަނެ ތަފުސީލީ ރިޕޯޓު ތައްޔާރު ކުރުމަށް ބޭނުންވާ އިލްމާއި އަމަލީ ހުނަރު ދަސްކޮށް ދީފައިވެ އެވެ.

ފުލުހުންގެ މުއައްސަސާގެ ސްޕެޝަލިސްޓް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާއި ފޮރެންސިކް ފުލުހުން ހިމެނޭ ގޮތަށް 20 ފުލުހަކު ބައިވެރިވެ ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވެ އެވެ.

މި ކޯސް ކުރިއަށް ގެންދިޔައީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ ދ. ވާނީ ކެމްޕަހުގަ އެވެ.