އާލިއާ ބަޓާއި ޝަރްވާރީ ވާްގްގެ ވަރުގަދަ ވަރުގަދަ އެކްޝަން ރޯލުތަކުކުން ފެންނާނެ ފިލްމު 'އަލްފާ' ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
އަންނަ މަހުގެ 3 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ ފިލްމެކެވެ. އަލްފާ އަކީ އެ ޔުނިވާސް އަށް ބަތަލާއިންތަކެއް ލީޑްކުރާ ގޮތަށް ގެނެސްދޭ ފުރަތަމަ ފިލްމެވެ.
ބޮލީވުޑްގެ މި އަހަރުގެ އެންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ 'އަލްފާ' ގެ ކާސްޓްގައި ބޮބީ ޑިއޯލް އާއި އަނިލް ކަޕޫރް ވެސް ހިމެނެ އެވެ.
މި ފިލްމު ޑައިރެކްޓްކޮށްފައ ވަނީ އަލަށް ފީޗާ ފިލްމެއް ގެނެސްދޭ ޒުވާން ޑައިރެކްޓަރު ޝިވް ރަވައިލް އެވެ. އޭނަ ކުރިން ވައިއާރްއެފްގެ ދެ ވެބް ސީރީޒެއް ޑައިރެކްޓްކޮށްފައިވެ އެވެ.
'އަލްފާ' އަކީ ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ އާލިއާ، ބޮލީވުޑްގެ އެންމެ ބޮޑު ސްޓޫޑިއޯ، ވައިއާރްއެފަށް ކުޅުނު ފުރަތަމަ ފިލްމެވެ. އަދި މިއީ 2024 ގެ 'ޖިގްރާ' އަށް ފަހު ބެލުންތެރިންނާ ހަމައަށް އަންނަ އޭނަގެ ފުރަަތަމަ ފިލްމު ވެސް މެ އެވެ.
މީގެ ކާސްޓްގައި ހިމެނޭ ޝަރްވާރީ އަކީ ވައިއާރްއެފްގެ 2021 ގެ 'ބަންޓީ އޯރް ބަބްލީ 2' އިން ބޮލީވުޑަށް ތައާރަފުވި އަދި މިހާރު ބޮލީވުޑްގައި އެންމެ ޑިމާންޑް ބޮޑު އެެއް ބަތަލާ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ޑައިރެކްޓަރު އިމްތިއާޒް އަލީގެ 'މޭ ވާޕަސް އާއޫގާ' އެވެ.
އެ ފިލްމުގައި ޝަރްވާރީ ވަރަށް ކުރީ ޒަމާނުގެ ރޯލުން ފެންނަ އިރު، 'އަލްފާ' ގައި އޭނަ ފެންނާނީ މި ޒަމާނުގެ ވަރަށް ސްޓައިލިޝް ކެރެކްޓާއަކުންނެވެ.
އަންނަ މަހު އަލްފާ ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވަމުން އަންނަ އިރު، ވައިއާރްއެގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ އެހެން ފިލްމުތަކަކީ ސަލްމާން ޚާންގެ 'ޓައިގާ' ފްރެންޗައިޒާއި ރިތިކް ރޯޝަންގެ 'ވޯ' ފްރެންޗައިޒްގެ އިތުރުން ޝާހްރުކް ޚާންގެ 'ޕަތާން' އެވެ.