Last Updated: June 18, 22:23
Thursday, June 18, 2026
ރިޕޯޓް

ލޮނުފެން މީރުފެނަށް ބަދަލުކުރުން؛ ޙަޤީޤީ ޙާލަތު

އިނގިރޭސިވިލާތް ނުވަތަ އެހެން ވެސް ގައުމެއްގެ މިސާލަށް ބަލާއިރު، ދިރިއުޅެމުން ދަނީ ކަނޑުގެ ފެން މިރުފެނަށް ބަދަލުކޮށްގެން ބޭނުންކުރުމަށް ބަރޯސާވާންޖެހޭ ފަދަ ގައުމެއްގައެވެ. މި ޙާލަތުގައި، ކަނޑުގެ ފެން ނަގައި، ބޮޑެތި ޕްލާންޓްތަކަކަށް ފޮނުވައިގެން، ކައްކައިގެން ނުވަތަ ފުރާނައިގެން އޭގެއިން ލޮނުގެ މާއްދާތައް ވަކިކުރެއެވެ. އެއަށް ފަހު، އެ ފެން ބުއިމަށާއި ޢާންމު ދިރިއުޅުމުގެ ބޭނުންތަކަށް އެކަށީގެންވާ މީރު ފެނަކަށް ބަދަލުކުރެއެވެ.

މިގޮތަށް ލޮނުކަނޑާފައިވާ ފެނުން ވުޟޫކުރުމާއި ހިނައިގަތުން ހުއްދަ ވާނެ ހެއްޔެވެ؟

ސީދާ ޙުކުމް:

އާދެ، އެފަދަ ފެނުން ތިޔަ ކުރާ ވުޟޫއާއި ހިނައިގަތުންޞައްޙަވާނެއެވެ. އަދި ޠާހިރުވުން ފުރިހަމަވާނެ އެވެ. އެ ފެނަކީ އިލްމުވެރިންގެ އިޖުމާޢުން "ޠަހޫރު ފެން" (އެހެން އެއްޗެހި ޠާހިރުކޮށްދޭ ފެން) އެކެވެ. އަޅުކަންތަކުގައްޔާއި އާންމު ދިރިއުޅުމުގެ ކަންކަމުގައިވެސް އެ ފެން ބޭނުންކުރުން ހުއްދައެވެ.

ފިޤުހީ މިންގަނޑު:

ފިޤުހީ ޤާޢިދާގައިވެއެވެ: "އެ ފެނެއް އުފެދުނު އަސްލު ސިފައެއްގެ މަތީގައި ދެމިއޮންނަ ފެނަކީ ޠަހޫރު ފެނެކެވެ. އަދި ފެނުގެ ލޮނުކަން ކަނޑާލެވި، ނުވަތަ އާންމު މީރު ފެނުގެ އަސްލާ އެއްގޮތްވާ ގޮތަށް އޭގެ ސިފަ ބަދަލުކުރެވިފައިވާ ފެން ޠަހޫރު ފެނަކަށް ވުން މާ އައުލާކަން ބޮޑެވެ." އިބްނު ގުދާމާ ވިދާޅުވެފައިވެއެވެ: "ފެނުގެ އެންމެހައި ބައިތަކަކީ ޠާހިރު އަދި ތާހިރުކޮށްދޭ ތަކެއްޗެވެ؛ އޭގެ މީރު ފެނާއި ލޮނު ފެންވެސްމެއެވެ." (المغني : 1/13)

ޝަރުޢީ ދަލީލާއި ހަމަ:

ދަލީލު: ކަނޑުގެ ފެނާ ބެހޭގޮތުން ނަބިއްޔާ އާ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ: "އެއީ އޭގެ ފެން ތާހިރުވެގެންވާ (އެހެން އެއްޗެހި ތާހިރުކޮށްދޭ) އަދި އޭގެ މަރުވެފައިވާ ތަކެތި ހަލާލުވެގެންވާ ފެނެކެވެ." (އަބޫދާއޫދު ސުނަނުގައި ރިވާކުރެއްވިއެވެ، ނަންބަރު: 83). އެހެންކަމުން، ކަނޑުގެ ފެން އޭގެ ލޮނުގަދަކަމާއެކުވެސް ޠަހޫރު ފެނަކަށް ވީހިނދު، އޭގެއިން ލޮނުކަން ކަނޑާލުމަށްފަހު (މީރުފެނަށް ބަދަލުކުރުމުން) އޭގެ ޠާހިރުކަންމަތީ ދެމިއޮންނާނެކަން ކަށަވަރެވެ. އަދި ކިއެއްތަ، އެ ފެން މާ މީރުވެ، އާންމު ފޮނި ފެނާ މާ ވައްތަރުވެސްވެއެވެ.

ހަމަ: ފެން މީރުފެނަށް ބަދަލު ކުރުމުގެ މަރުހަލާ އަކީ ހަމައެކަނި ފެނުގެ ތެރޭގައި ހުރި އިތުރު ލޮނުތައް ވަކިކޮށްލުމެވެ. ލޮނަކީ އަމިއްލަ ޒާތުގައި ޠާހިރު އެއްޗެކެވެ. އަދި އެ ވަކިކޮށްލުމުން ފެނުގެ ނަމެއް ނުގެއްލެއެވެ، އަދި އޭގެ ޠާހިރުކަމެއްވެސް އުންޏެއް ނުވެއެވެ. އެކަމުގެ ސަބަބުން ފެން އެ ބަދަލުވަނީ އުޑުން ވެއްސަވާ މީރު ފެނުގެ ސިފައަށެވެ.
ނަފްސާނީ ގޮތުން ވިސްނާލަންވީ ކަންކަން:

މި މައްސަލައިގައި ފަކުރު ގަންނަން ޖެހޭ ނުވަތަ ޝައްކު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ފެނުގެ އަސްލަކީ ތާހިރު އެއްޗެކެވެ. އަދި އޭގެއިން ވަކިކުރެވުނު އެއްޗަކީވެސް ތާހިރު އެއްޗެކެވެ. ނަތީޖާއަކީ ސާފު މީރު ފެނެކެވެ. މިފަދަ ފެނުގެ ޠާހިރުކަމާ މެދު ވަސްވާސް އުފެދުމަކީ ޝައިޠާނާގެ ވަސްވާސްތަކުގެ ތެރެއިންވާ ކަމެކެވެ. އެކަން ޔަޤީންކަމާއެކު ބުރަވާން ޖެހެއެވެ.

ޝަރުޢީ ހަމަތައް ވަނީ މީސްތަކުންނަށް ފަސޭހަކޮށް ދީފަ އެވެ. އަދި ދައުލަތްތަކުން މިގޮތަށް ފެން މީރުފެނަށް ބަދަލު ކުރުމަކީ ގެ ނިޢުމަތްތަކުގެ ތެރެއިންވާ ކަމެކެވެ. އެކަމަށް ބޭނުންވަނީ ޝުކުރުވެރިވުމެވެ. ޝައްކުކުރުމެއް ނޫނެވެ. (التبصير في فقه الواقع والنوازل (2/3/4)

ނޯޓް: މިއީ ޑރ. މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.