ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ކޭ ގެ ފުރަތަމަ މެޗުގައި ޕޯޗުގަލްއާ ދެކޮޅަށް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން 1-1 އިން އެއްވަރުކޮށްފި އެވެ.
އެމެރިކާގެ ހިއުސްޓަންގެ އެންއާރްޖީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަވަނަ މިނެޓްގައި ކުޅުނު މި މެޗުގެ ހަވަނަ މިނެޓްގައި ޕޯޗުގަލް އިން ވަނީ ލީޑު ނަގައިފަ އެވެ. ޕެޑްރޯ ނެޓޯ ނަގައިދިން ރީތި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ޕޯޗުގަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖޮއާ ނެވޭސްއެވެ.
ކޮންގޯއިން ކުޅުން ރަނގަޅުކޮށް ފުރުސަތުތައް ތަނަވަސްކުރުމަށް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ކޮންގޯއިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އާތާ މަސުއާކޫ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ކޮންގޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ވިސާ އެވެ.
ދެވަނަ ހާފުގައި ވެސް ޕޯޗުގަލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ ނަމަވެސް، އެންމެ އެދެވޭ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.
މި ގްރޫޕުގައި ދެން ހިމެނެނީ އުޒްބެކިސްތާނާއި ކޮލަމްބިއާ އެވެ. އުޒްބެކިސްތާނާއި ކޮލަމްބިއާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައެވެ.