ފުވައްމުލަކު އެއާޕޯޓް ސަރަހައްދުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސެލްފް ސާވިސް އޭޓީއެމެއް ބަހައްޓައިފި އެވެ.
މިއީ އެ ސިޓީގައި ބެހެއްޓީ ހަތަރު ވަނަ އޭޓީއެމެވެ.
ލޯކަލް ޓޫރިޒަމް ވެސް ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ފުވައްމުލަކުގައި މިދިޔަ އަހަރުގެ ތެރޭގައި ބީއެމްއެލް ޑޮލަރު އޭޓީއެމެއް ވެސް ބަހައްޓާފައިވެ އެވެ.