Last Updated: June 18, 22:23
Thursday, June 18, 2026
ޚަބަރު

އެމްޑީޕީން ބާއްވާ 'ވަޒީފާ ބުރާސްފަތި' މިރޭ

އެމްޑީޕީ އަށް ނިސްބަތްވާ މީހުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށް ބުނެ އެ ޕާޓީން މިކަމާ ގުޅިގެން ބާއްވާ 'ވަޒީފާ ބުރާސްފަތި' ހަރަލާތް މިރޭ ބާއްވަން ތައްޔާރުވެއްޖެ އެވެ.

މި ހަަރަކާތް ފަށަން ހަމަޖެހިފައި ވަނީ ރަސްފަންނު ސަރަހައްދުން 8:30 ގަ އެވެ.

'ވަޒީފާ ބުރާސްފަތި' ހަރަކާތާ ބެހޭ ގޮތުން އެމްޑީޕީން މިއަދު ބުނީ މި ހަރަކާތުގެ ތެރެއިން މަގުތަކުގައި ހިނގައި، ސަރުކާރުން ބޭއިންސާފުން ވަޒީފާތަކުން ވަކިކޮށް އަދި ވަޒީފާގެ ބިރު ދައްކާތީ އެކަމާ ގުޅޭ ކަންބޮޑުވުންތައް ފާޅުކުރާނެ ކަމަށެވެ. އަދި މި ހަރަކާތް ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދަން ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

'ވަޒީފާ ބުރާސްފަތި' ހަރަކާތުގައި ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނާއި އެ ޕާޓީގެ މަޖިލިސް މެންބަރުންގެ އިތުރުން އާންމު ގިނަ މެންބަރުން ބައިވެރިވާނެ އެވެ.

މި ހަަރަކާތަށް ތައްޔާރުވުމާ ގުޅޭ ބައްދަލުވުމެއް ރޭ އެމްޑީޕީގެ ހަރުގޭގައި ބާއްވާ އިރު، އަންގާރަ ދުވަހު އެ ޕާޓީގެ އާ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން މާލޭގައި ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.