Last Updated: June 19, 02:13
Thursday, June 18, 2026
ޚަބަރު

ޓޫރިސްޓުންގެ އަދަދު މިލިއަނެއް ހުރަސްކޮށްފި

އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އެއް މިލިއަން ހުރަސްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ޓޫރިސްޓް އެރައިވަލްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް ޖުމްލަ 1,007,009 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އެކަމަކު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5 ޕަސެންޓްގެ ދަށްވުމެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް 1,059,709 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާ އިން މިހާތަނަށް 155،946 ޓޫރިސްޓުން އައިސްފައި ވާއިރު، ދެވަނައިގައި އޮތް ރަޝިއާއިން 138،859 ޓޫރިސްޓުން އަދި ތިން ވަނައިފައި އޮތް އިނގިރޭސިވިލާތުން 83،389 ޓޫރިސްޓިން އަައިސްފައިވެ އެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އައީ 2.2 މިލިއަން ޓޫރިސްޓުންނެވެ.