ޓައިގާ ޝްރޮފްގެ އެކްޝަން ތުރިލާ 'ހިޓްމޭން' ގެ ޝޫޓިން ނިންމާލައިފި އެވެ.
މީގެ ޓީމުން ވަނީ ފިލްމުގެ ޝޫޓިން ނިންމާލައި އެކަން ފާހަގަކޮށް ސޯޝަލް މީޑިއާގައި ވީޑިއޯއެއް ވެސް ހިއްސާކޮށްފަ އެވެ. އޭގައި ކާސްޓާއި ކްރޫ ކޭކެއް ފަޅާ ތަން ފެނެ އެވެ.
ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި އިއުލާން ނުކުރާ 'ހިޓްމޭން' އަކީ މުރާދު ކެތާނީ ޕްރޮޑިއުސްކޮށް، ސަޗިން ރަވީ ޑައިރެކްޓްކުރި ފިލްމެކެވެ. މި ފިލްމަކީ ސަޗިންގެ އަލަތު ހިންދީ ފިލްމެވެ. އޭނަ އަކީ 2019 ގެ ކަންނާޑާ ފިލްމު ފެންޓަސީ އެޑްވެންޗާ ކޮމެޑީ އަވާނޭ ސްރީމަންނަރަޔާނާގެ ޑައިރެކްޓަރެވެ.
'ހިޓްމޭން' ގައި ޓައިގާއާ އެކު ބަތަލާގެ ރޯލުން ފެންނާނީ ސަންޖަނާ ސާންގީ އާއި މަހީމާ މަކްވާނާ އެވެ. ސަންޖަނާ އަކީ 2020 ގައި ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ރާޖްޕޫތުގެ ފަހު ފިލްމު 'ދިލް ބޭޗާރާ' ގެ ބަތަލާ އެވެ. މަހީމާ އަކީ ސަލްމާން ޚާނާއި އޭނަގެ ޅިޔަނު އާޔޫޝް ޝަރުމާގެ 2021 'އަންތިމް' ގައި އާޔޫޝްގެ ލޯބިވެރިޔާގެ ރޯލު ކުޅުނު ބަތަލާ އެވެ.
'ހިޓްމޭން' ގެ ރޯލަކުން ޓައިގާގެ ބައްޕަ ޖެކީ ޝްރޮފްގެ ގާތް އެކުވެރިޔާ ސުނިލް ޝެޓީގެ އިތުރުން އަމިތު ސާދު ވެސް ފެންނާނެ އެވެ.
ޓައިގާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ 'ބާގީ 4' އެވެ.