Last Updated: June 18, 22:23
Thursday, June 18, 2026
ޚަބަރު

ފުލުހުންނަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް

ފުލުހުންގެ މިޑުލް މެނޭޖްމަންޓުގައި މަސައްކަތްކުރާ އޮފިސަރުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށްޓަކައި "ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސީރީޒް" ގެ ނަމުގައި ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.

މިއަދު ފެށި މި ޕްރޮގްރާމުގެ މަގުސަދަކީ އޮފިސަރުންގެ ލީޑަރޝިޕް ހުނަރާއި، އިދާރީ ހިންގުމާއި، ކަންކަމުގައި ނިންމުންތައް ނިންމުމުގެ ގާބިލުކަން ތަރައްގީކުރުމާއި ނަފުސާނީ ދުޅަހެޔޮކަން ވަރުގަދަކުރުމެވެ.

މަހަކު އެއް ސެޝަން ނުވަތަ ދެ ސެޝަން ހިމެނޭހެން ކުރިއަށް ގެންދަން ނިންމާފައިވާ މި ތަމްރީނުތަކުގައި ސްޓްރެޓީޖިކް ލީޑަޝިޕް، އަހުލާގީ މިންގަނޑުތައް އަދި ޓެކްނޮލޮޖީ ފަދަ މުހިންމު ދާއިރާތަކުން އެކި މާހިރުން ބައިވެރިވެ ފުލުހުންނަށް ތަމްރީނު ދޭނެ އެވެ.