ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރްގެ އާ ފިލްމު 'ދާއިރާ' މި އަހަރުގެ ސެޕްޓެމްބަރު 18 ގައި ރިލީޒް ކުރަން ނިންމައިފި އެވެ.
އެ ތާރީހަކީ އޭނަގެ ފިރިމީހާ ސައިފް އަލީ ޚާންގެ ޅިޔަނު ކުނާލް ކޭމޫ ޑައިރެކްޓްކޮށް މުހިއްމު ރޯލެއް ކުޅެ ގެނެސްދޭން ހަމަޖެހިފައިވާ ދެވަނަ ފިލްމު 'ވައިބް' ވެސް ތާވަލުކޮށްފައި އޮތް ތާރީހެވެ.
ކަރީނާ އާއ މަޝްހޫރު މަލަޔާޅަމް އެކްޓަރު ޕްރިތުވީރާޖް ސުކްމަރަމް ފުލުހުންގެ ރޯލުން ފެންނާނެ 'ދާއިރާ' އަކީ މެގްނާ ގުލްޒާރު ޑައިރެކްޓްކޮށްފައިވާ އިންވެސްޓިގޭޓްވި ކްރައިމް ތުރިލާއެކެވެ. މި ފިލްމި ބެލުންތެރިންނަށް ގެނެސްދޭ ތާރީހު މިއަދު އިއުލާންކުރި އިރު، ފިލްމުގެ ޝޫޓިން އޮތީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުކޮޅު ނިންމައިފަ އެވެ.
ފިލްމު އިއުލާންކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.
ދާއިރާގެ ޑައިރެކްޓަރު މެގްނާގެ އެންމެ ފަހުގެ ފިލްމަކީ ވިކީ ކޯޝަލާ އެކު 2023 ގައި ގެނެސްދިން ބައޮގްރިކަލް ހަނގުރާމަ ފިލްމު 'ސޭމް ބަހާދޫރު' އެވެ. ކުރީގެ މަޝްހޫރު ބަތަލާ ރާކީ އާއި ކުޅަދާނަ ޅެންވެރިޔާ ގުލްޒާރުގެ ދަރިފުޅު މެގްނާ އަކީ އާލިއާ ބަޓްގެ 'ރާޒީ' އާއި ދީޕިކާ ޕަދްކޯންގެ 'ޗަޕާކް' ގެ އިތުރުން ކުރީގެ އެކްޓަރު އިރްފާން ޚާންގެ 'ތަލްވާރު' ވެސް ގެނެސްދިން ޑައިރެކްޓަރެވެ.
'ދާއިރާ' އަކީ މެގްނާގެ 7 ވަނަ ޑައިރެކްޝަނެވެ.
ކަރިނާގެ އެންމެ ފަހުގެ ފިލްމަކީ 2024 ގެ 'ސިންގަމް އެގެއިން' އެވެ.