Last Updated: June 18, 22:23
Thursday, June 18, 2026
ޚަބަރު

ސިފައިންގެ މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ސިފައިންގެ މީހަކު މިއަދު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

ނިޔާވީ ސާޖަންޓް ފަސްޓް ކްލާސް ހުސައިން އަބްދުއްރަހުމާނެވެ.

އޭނަ ނިޔާވުމާ ގުޅިގެން އާއިލާ އަށް ތައުޒިޔާ ކިޔައި އެމްއެންޑީއެފުން ބުނީ ހުސައިން ކުއްލި ގޮތަކަށް ނިޔާވުމަކީ ސިފައިންނަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ. އެހެންވެ ސިފައިންގެ ވެރިންނާއި އެންމެހާ ސިފައިންގެ ނަމުގައި އާއިލާ އަށް ތައުޒިޔާ ކަމަށް ބުންޏެވެ.

ޙުސައިން އަކީ ސިފައިންގެ ޚިދުމަތުގައި 21 އަހަރާއި 7 މަހާއި 16 ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނަ ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް އާއިލާ އަށް ތަޢުޒިޔާ ފޮނުއްވާފައިވެ އެވެ.