Last Updated: June 18, 22:23
Thursday, June 18, 2026
ޚަބަރު

މާލޭގެ ބައެއް ސަރަހައްދުތައް މިރޭ ބަންދުކުރަނީ

މިރޭ 8 އިން 12 އަށް މާލޭގެ ބައެއް ސަރަަހައްދުތައް ބަންދުކުރަން ފުލުހުން ނިންމައިފިއެވެ.

ފުލުހުން މިއަދު މެންދުރު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ އެކި ސަރަހައްދުތައް މިރޭ 8 އިން 12 ޖެހުމާ ހަމަޔަށް ބަންދުކުރަން ހަމަޖެހިފައިވާ ކަމަށާއި މަގުތައް ބަންދުކުރަނީ، މާލޭގެ ޓްރެފިކް ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ.

ނަމަވެސް ބަންދުކުރަނީ ކޮން ސަރަހައްދުތަކެއް ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.

މާލޭގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ފުލުހުން ނިންމިއިރު، ’ވަޒީފާ ބުރާސްފަތި‘ ނަމުގައި އިދިކޮޅު އެމްޑީޕީގެ އިހުތިޖާޖެެއް މިރޭ ބޭއްވުމަށް ވަނީ ނިންމާފަ އެވެ. މި އިހުތިޖާޖު ފަށަން ހަމަޖެހިފައި އޮތީ، މިރޭ 8:30ގައި ރަސްފަންނު ސަރަހައްދުންނެވެ.