Last Updated: June 19, 21:49
Friday, June 19, 2026
ރިޕޯޓް

ދަމުނަމާދު؛ ހިތާއި ހަށިގަނޑަށް ޝިފާއެއް!

ރަސޫލު الله ﷺ ޙަދީޘް ކުރައްވާފައިވެއެވެ؛

«عليكُم بقيامِ اللَّيلِ ، فإنَّهُ دَأْبُ الصَّالِحينَ قبلَكُم ، و قُربةٌ إلى اللهِ تعالى ومَنهاةٌ عن الإثمِ و تَكفيرٌ للسِّيِّئاتِ ، ومَطردةٌ للدَّاءِ عن الجسَدِ»

މާނައީ: "ތިޔަބައިމީހުން ދަމުނަމާދުކުރުންމަތީ ދެމިތިބޭށެވެ. އެހެނީ ހަމަކަށަވަރުން އެއީ ތިޔަބައިމީހުންގެ ކުރިން އުޅުނު ޞާލިޙުންގެ އާދައެކެވެ. އެއީ ތިޔަބައިމީހުން ﷲ އާ ކުއްތަންކޮށްދޭ، ފާފަތަކުން ދުރުހެލިކޮށްދޭ، ކުށްތައް ފުހެދޭ އަދި ހަށިގަނޑުން ބަލިތައް ފިލުވައިދޭ ކަމެކެވެ."
صحيح الجامع [4079]

ގިނަ ބަޔަކު ބަލިތަކަށް ޝިފާ ހޯދުމަށް ހަމައެކަނި ދުނިޔަވީ ވަސީލަތްތަކަށް ބަރޯސާވާއިރު، މި ނަބަވީ އިރުޝާދުން އެނގިގެން ދަނީ، ދަމުނަމާދަކީ އިންސާނާގެ ހިތަށާއި ހަށިގަނޑަށް ބަރަކާތާއި ޝިފާ ގެނެސްދޭ އަޅުކަމެއް ކަމެވެ.

މީހަކު ދެމިހުރުމަށް އެންމެ އެކަށީގެންވާ ސުންނަތް އަޅުކަމެއްވާ ނަމަ، އެއީ ދަމު ނަމާދެވެ. އެއީ ފަތިސް ނަމާދުގެ ކުރިން ދެ ރަކުޢަތް ކުރި ނަމަވެސްމެ އެވެ.

ނޯޓް: މިއީ ޝައިހް މުހައްމަދު ގާލިބް ޝާހިދުގެ ލިޔުއްވުމެކެވެ.